ބޭނުންވާ ތަކެތި:
600ގ ކަރާ ތޮށި
2 ފިޔާ
1 ލޮނުމެދު
1 ގިތެޔޮ މިރުސް
2 ލުނބޯ
1 އޮރެންޖުގެ ދިޔަ
2 ގަބުޅީގެ ހުނި (ތަންކޮޅެއް ރާޅުކޮށް ގާނާފަ)
ލޮނު، އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
1- ތަރާތޮށި ސަޓަނިހެދުމަށް ފުރަތަމަވެސް ކަރާތޮށިކޮޅުގެ ފެހިބައި މަށާލުމަށްފަހު ކެރެޓް ގާނާގޮތަށް ގާނާލާށެވެ.
2- ދެން ފިޔާ، ސަޓަނި ހަދާގޮތަށް ކޮށާލައްވާށެވެ. އަދި ލޮނުމެދުވެސް ރަނގަޅަށް ރާޅުކޮށް ކޮށާލައްވާށެވެ.
3- ދެން މިރުސް ކުދިކޮށް ދިގުކޮށް ހުންނަ ގޮތަށް ކޮށާލައްވާށެވެ.
4- ދެން ސަޓަނި މޮޑުއްވުމަށް ކޮށުއްވާފައިހުރި ފިޔާ، ލޮނުމެދު، މިރުސް އަދި ކަރާކޮށި ރަނގަޅަށް ލުނބޯހުތާއި އޮރެންޖު ދިޔަފޮދު އަދި ލޮނު، އަސޭމިރުސް އަޅުއްވައިގެން މޮޑެލައްވާށެވެ. ދެން ގާނާފައިހުރި ގަބުޅި ހުނި އެޅުއްވުމަށްފަހު އެއްވަންދެން މޮޑެލައްވާށެވެ.
ކަރާތޮށި ސަޓަނި
ކޮމެންޓް (0)
ލޯޑް ކުރަމުން...