ރާއްޖޭގެ ޚަބަރު "ސަލަފްޓޯކް" ދިއިސްލާމް އިން ލައިވް ކޮށް ގެނެސްދީފި

"ސަލަފްޓޯކް" ދިއިސްލާމް އިން ލައިވް ކޮށް ގެނެސްދީފި

"ސަލަފްޓޯކް" ދިއިސްލާމް އިން ލައިވް ކޮށް ގެނެސްދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ސަލަފްޓޯކް" ދިއިސްލާމް އިން ކާމިޔާބު ކަމާއި އެކު އިންޓަރނެޓް މެދުވެރިކޮށް ލައިވް ކޮށް ގެނެސްދީފިއެވެ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވާ “ސަލަފް ޓޯކް” ގެ ރޭގެ އިވެންޓް އޯޑިއޯ ދިއިސްލާމުން އިންޓަރނެޓް މެދުވެރިކޮށް ވަގުތުން ދުރަށް ގެނެސްދިން ވަގުތު ދެވުނު ކުރު ނޯޓިސް އާއި އަޅާ ބަލާއިރު ވަރަށް ފުރިހަމަ ތަރުޙީބެއް ވަނީ ލިބިފައެވެ.

ސަލަފްޓޯކް އަޑު އައްސަވާ: ދިއިސްލާމް ލައިވް

ސަލަފްޓޯކް ބާއްވާފައި ވަނީ ރޭ 9 ޖެހިއިރު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައެވެ. މަހަކު މަދުވެގެން 2 ފަހަރު ބާއްވާ މި އިވެންޓުގައި ރޭ ކުރިއަށް ގެންދިޔަ މައުޟޫއަކީ “ފިކުރީ ހަނގުރާމަ” މި މަޢުޟޫގެ ދަށުން އިލާހަކު ވޮޑިގެން ވުމާއި ބެހޭގޮތުން އުފައްދާ ސުވާލު ތަކަށް ރައްދެއްގެ ގޮތުގައެވެ.

“ފިކުރީ ހަނގުރާމަ” މި މައުޟޫއަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި މަޢުލޫމާތު ދެއްވާފައި ވަނީ ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އެވެ.

Dhiislam is on Mixlr

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.