ރާއްޖޭގެ ޚަބަރު ސަލަފް ޓޯކް މިރޭ އޮންނާނެ: ސަލަފް

ސަލަފް ޓޯކް މިރޭ އޮންނާނެ: ސަލަފް

ސަލަފް ޓޯކް މިރޭ އޮންނާނެ: ސަލަފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވާ “ސަލަފް ޓޯކް” މިރޭ އޮންނާނެކަމަށް އެޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.

ސަލަފްޓޯކް އޮންނާނީ މިރޭ 9 ޖަހާއިރު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކުރެއެވެ. މަހަކު މަދުވެގެން 2 ފަހަރު ބާއްވާ މި އިވެންޓުގައި މިރޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މައުޟޫއަކީ “ފިކުރީ ހަނގުރާމަ” ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިލާހަކު ވޮޑިގެން ވުމާއި ބެހޭގޮތުންކަމަށް ސަލަފުން ހާމަކުރެއެވެ. ސަލަފް ޓޯކްގައި ފިކުރީ ހަނގުރާމަ، މިމައުޟޫއުގެ ދަށުން ސިލްސިލާކޮށް ގިނަ ދަރުސްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ.

“ފިކުރީ ހަނގުރާމަ” މި މައުޟޫއަށް ކުރިއަށް ގެންދާ މި އިވެންޓުގައި މަޢުލޫމާތު ދެއްވާނީ ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކުރީ އެވެ.

މި އިވެންޓުގައި ވީހާވެސް ގިނަ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތިމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.