ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުލް އަޚަވާތާއި ބެހޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއް ދައްކަމުންދާތީ އެކަން ކުށްވެރިކޮށް އެ ފަރާތުން ނޫސްބަޔާނެއް ނެރެފި

ޖަމްޢިއްޔަތުލް އަޚަވާތާއި ބެހޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއް ދައްކަމުންދާތީ އެކަން ކުށްވެރިކޮށް އެ ފަރާތުން ނޫސްބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ޖަމްޢިއްޔަތުލް އަޚަވާތާއި ބެހޭގޮތުން  އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތަކެއް ކުރެވެމުންދާތީވެ، އެންމެހައި ފަރާތްތަކަށް ކަމުގެ ޙަޤީޤަތް އަންގައިދިނުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ނޫސް ބަޔާނެއްނެރެފިއެވެ.

ނޫސްބަޔާނުގައި ހާމަކޮށްފައިވާގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، މިހާރުގެ ވެރިކަން ކުރާ ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށްވާ އެމް.ޑީ.ޕީ އަށް، ޖަމްޢިއްޔަތުލް އަޚަވާތުން ކެމްޕޭނު ކޮށްދޭ ކަމަށް ބައެއް ފަރާތްތަކުން އަޑުފަތުރަމުންދާ ކަމަށާއި ޖަމްޢިއްޔަތުލް އަޚަވާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަށުން މަސައްކަތްކުރަމުން އަންނަ ޖަމްޢިއްޔާއެއް ނޫންކަން ވަރަށް ސާފު ބަހުން ބަޔާންކޮށްދީފައިވެއެވެ. އަދި ޚާއްޞަގޮތެއްގައި އެމް.ޑީ.ޕީ އިން ގެންގުޅެމުންދާ އިސްލާމްދީނާއި އިދިކޮޅު ސިޔާސަތުތަކަކީ، އެ ޖަމްޢިއްޔާއިން  އެއްގޮތަކަށްވެސް ތާއީދުނުކުރާ އަދި އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ސިޔާސަތުތަކެއްކަންވެސް ހާމަކޮށްފައިވެއެވެ.

ނޫސްބަޔާން ވިދާޅުވޭ!

ޓެގް

އަޚަވާތު ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.