ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުގެ މިއަހަރުގެ "ރިޙްލާ" ދ.އަތޮޅުގައި

ޖަމްޢިއްޔަތުއްސަލަފުގެ މިއަހަރުގެ "ރިޙްލާ" ދ.އަތޮޅުގައި

ޖަމްޢިއްޔަތުއްސަލަފުގެ މިއަހަރުގެ "ރިޙްލާ" ދ.އަތޮޅުގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން "ރިޙްލާ" ގެ ނަމުގައި ބާއްވަމުން ގެންދާ ދަތުރު މިއަހަރު ދ.އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަ ކޮށް ޖަމިއްޔަތުއް ސަލަފުން ބުނީ މިއަހަރުގެ ރިޙުލާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ފެށުނު އެޕްރީލް މަހުގެ 30 އިން އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، 4 ދުވަހުގެ މި ދަތުރުގައި ދ.އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ އަދި ޢިޖްތިމާއީ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ.
އެގޮތުން ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ، ދ. ރިނބިދޫ، ދ. މީދޫ، ދ. ބަނޑިދޫ އަދި ދ. ހުޅުދެލީގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގުމަށް ރޭވިފައިވާ ކަމަށާއި، ކުޑަހުވަދޫގައި ވަރަށް ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ސަލަފުން ހާމަ ކޮށްފައި ވެއެވެ. ސަލަފް ޖަމިއްޔާއިން ކުޑަހުވަދޫގައި ބާއްވާ މި ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ހުޅުވާލާފައި ވާކަމަށް ސަލަފުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ޖަމްޢިއްޔަތުއް ސަލަފުން އެ ޖަމިއްޔާގެ ރަސްމީ ވެބްސައިޓުގައި ބުނީ ކުޑަހުވަދޫގައިި ބާއްވާ ވޯކްޝޮޕްތަކުގެ ތެރޭގައި ނަމާދު ވޯކްޝޮޕް، ޤުރްއާން ކިޔަވަން ދަސްކޮށްދޭ ސެޝަން ތަކާއި، ކަށުކަމާކެމީގެ ކަންތައްތައް އުނގަންނައިދޭ ވޯކްޝޮޕެއްގެ އިތުރުން ޑައިވިން ތަމްރީނުތަކާއި މަޢުލޫމާތު ދޭ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކަށް އެޖަމްޢިއްޔާއިން އިޢުލާނު ކޮށްފައިވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޑރ.ޔޫސުފް ޝާން ބައިވެރިވެ ވަޑައިގެން އަތޮޅުގެ ބަލިމީހުންނަށް ފަރުވާ ކޮށްދިނުމުގެ ވާހަކައެވެ.

ދީނީ ބޮޑު ފެސްޓިވަލެއް ގޮތަށް ސިފަވެގެންދާ މި ދަތުރުގައި ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވެސް ބައިވެރިވެ ވަޑައިގަނެއެވެ. އެގޮތުން މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ މަޝްހޫރު ބައެއް ދީނީ ޢިލްމުވެރިންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމާއި، އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމާއި، އައްޝައިޚް ނިމާލް މުޙައްމަދުގެ އިތުރުން އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމާއ އައްޝައިޚް އަޙްމަދު ސަލީމް ހިމެނިވަޑައި ގަންނަވައެވެ.

މި ދަތުރުގައި ދ.އަތޮޅުގެ ފަރާތުން އެންމެހައި ކަންތައްތަކެއް އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާނީ ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ ގެ ފަރާތުންނެވެ. ދަތުރުގެ ކަންކަން ހަމަޖެހެމުންދާވަރަކުން އިތުރު މަޢުލޫމާތު ތަކާއި ޚަބަރުތައް ޖަމްޢިއްޔަތުއްސަލަފުގެ ރަސްމީ ވެބްސައިޓް  އިން އިންޝާﷲ ލިބިވަޑައި ގަންނަވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.