ސަޢޫދީ ޢަރަބިޔާގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޖަމްޢިއްޔަތުއްސަލަފަށް ލިބިފައިވާ ދަޢުވަތެއްގެ ދަށުން މައްކާގައި ބޭއްވޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ރާއްޖޭގެ ޝެއިޚުންގެ ޖަމާޢަތެއް ފުރައިފިއެވެ.
ސަޢޫދީޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައްކާގައި ހުންނަ އަލްމަކްތަބުއްތަޢާވުނީ ލިއްދަޢުވަތި ވަލްއިރުޝާދުން، ޖަމްޢިއްޔަތުއްސަލަފަށް ދެއްވާފައިވާ މި ފުރުޞަޠުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 15 ބޭފުޅަކުވަނީ ބައިވެރިވެވަޑައިގެންފައެވެ.
"الرحلات العلمية المكية" (މައްކާއަށް ކުރާ ޢިލްމީ ދަތުރުތައް) ގެ ނަމުގައި ކުރިޔަށްދާ މިދަތުރު ހިނގަމުންދަނީ، މާޗް މަހުގެ 21 އިން 28 އަށެވ. މި ވޯކްޝޮޕްގައި މައްކާގެ ތަފާތު އެންޖީއޯތަކާއި ބައްދަލު ކުރުމާއި، ދެ ޙަރަމުގެ އިސް އިމާމުންނާއި ބައްދަލުކުރުމުގެ އިތުރުން ޙަރަމްގެ ކަންތައްތައް ބަލަހައްޓަވާ އިދާރާގެ ތަފާތު ކަންކަން ދައްކާލުންވެސް ހިމެނޭކަމުގައި ޖަމްޢިއްޔަތުއްސަލަފުން ޚަބަރުދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...