ސުވާލާއި ޖަވާބު މޫނު ބުރުގާއަށް ފާޑު ކިޔުން އެއީ ދީނަށް ފުރައްސާރަކުރުންތޯ؟

މޫނު ބުރުގާއަށް ފާޑު ކިޔުން އެއީ ދީނަށް ފުރައްސާރަކުރުންތޯ؟

މޫނު ބުރުގާއަށް ފާޑު ކިޔުން އެއީ ދީނަށް ފުރައްސާރަކުރުންތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު: ބައެއް މީހުން މޫނުބުރުގާ އަޅައިގެން އުޅޭމީހުނަށް ނުރުހުމުގެ ބަސްތައް ބުނާ އަޑު އިވެއެވެ. އަދި "ތިއީ ކީތްކުރަން އެޅި އެއްޗެއްހޭ.." ނުވަތަ "ތިކަމަކީ ތިމަންނަ އެހާ ހިތްރުހޭ ކަމެއް ނޫނޭ.." "ވަރަށް ފޫހިވާ ކަމެކޭ.." މިފަދަ ބަސްތައް ބުނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އެއީ ދީނީ ކަންކަމަށް ފުރައްސާރަ ކުރަނީ ކަމަށް ބުނެވިދާނެތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދީނުގައި އައިސްފައިވާ ކަންތައްތަކަށް އަޅުތަކުން ފުރިހަމައަށް ކިޔަމަންވާންޖެހޭނެއެވެ. އެއީ ތިމާގެ ހިތް ރުހޭކަމަކަށްވީނަމަވެސް އަދި ނުރުހޭކަމަކަށްވީނަމަވެސް މެއެވެ. ދީނުގައި ޝަރުޢުކުރައްވާފައިވާ ކަމަކީ ތިމާ ނުރުހޭ ކަމެއްކަމުގައި ވީނަމަވެސް އެކަމާ ހިތްހަމަނުޖެހި ވާހަކަދައްކައިގެން ނުވާނެއެވެ. ތިމާގެ ވިސްނުމަކީ އެންމެ ފުރިހަމަ ވިސްނުން ނޫންކަން ދަންނަންޖެހޭނެއެވެ. ﷲ ތަޢާލާ ކޮންމެކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާކަން ހަދާނުގައި ބަހައްޓަންޖެހޭނެއެވެ. ދީނުގެ ކަމަކަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ އެކަމެއް ކުރުމަށް އަމުރު ކުރެއްވިފަރާތަށް ކުރެވޭ މަލާމާތެކެވެ. والله أعلم

ޓެގް

ސުވާލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.