ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް ތަފާތު ހަރަކާތެއްކަމަށްވާ "ސަލަފް ޓޯކް" މިރޭ އޮންނާނެކަމަށް އެޖަމްޢިއްޔާގެ ވެބްސައިޓުގައި ހާމަކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ވެބަސައިޓުގައި ހާމަކޮށްފައިވާގޮތުގައި މަހަކު މަދުވެގެން 2 ފަހަރު ބާއްވާ މި އިވެންޓުގައި މިފަހަރު އޮންނާނީ ކަސްރަތު ކުރުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުންކަމަށެވެ.
"ކަސްރަތު ކުރުމުގެ މުހިއްމުކަން" މި މައުޟޫއަށް ކުރިއަށް ގެންދާ މި އިވެންޓުގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ޑރ. ޙުސެއިން ޙަލީމް (ކުޑަ ހުސެއިން) އެވެ. ހުސެއިން ވަނީ ކުޅިވަރުގެ ރޮނގުން ޕީއެޗްޑީ ހައްދަވާފައެވެ.
މިރޭ 9 ޖަހާއިރު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ބާއްވާ މި އިވެންޓުގައި ވީހާވެސް ގިނަ ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތިމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...