ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން "ދަ ފައިނަލް ރެވޭލޭޝަން" ގެ ނަމުގައި ޤުރުއާނާއި ބެހޭ ވޯކްޝޮޕެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ޖަމްޢިއްޔަތުއް ސަފަލަފުން ހާމަކުރި ގޮތުގައި ވޯކްޝޮޕް އޮންނާނީ މާރޗް 6،7،8 މި 3 ދުވަހު ކަމަށާއި ވޯކްޝޮޕްގައި ދެޖިންސުގެ ބޭފުޅުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
3 ދުވަހުގެ މުއްދަތައް މަދަރުސަތުލް އަރަބިއްޔާ ހޯލުގައި ބާއްވާ މިވޯކްޝޮޕްގައި ބައިވެރި ވުމުގެ ފީ އަކީ -/350ރ އެވެ..
މިވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ޙަސަން މޫސާ ފިކުރީ އަދި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އެވެ. ވޯރކްޝޮޕް ފުރިހަމަ ކުރާ ބައިވެރިންނަށް ހަނދާނީ ލިއުމެއް ދޭގޮތައް ވަނީ ހަމަޖެހިފައެވެ.
"ދަ ފައިނަލް ރެވޭލޭޝަން" ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލަފައިވާއިރު ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް ޖަމްއިއްޔަތުއް ސަލަފް ގެ އިދާރާ، މ.މަޑުލުން ލިބިވަޑައި ގަންނަވާނެއެވެ. އަދި ސަލަފްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވުމަށް ލިބިވަޑައި ގަންނަވާނެއެވެ.
"މިފަހަރުގެ ވޯކްޝޮޕްގައި ވަނީ 70 ޖާގަ. ވީމާ ވީއެންމެ އަވަހަކަށް ފޯމް ފުރާ ޖާގަ ކަށަވަރު ކުރުމަށް އިލްތިމަސް ކުރަން" ޖަމްޢިއްޔަތުއް ސަލަފްގެ އޮފިޝަލަކު ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ.
ވޯކްޝޮޕާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9965666 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...