ދުނިޔެ އިޓަލީގެ ބޮޑުވަޒީރުކަން ރެންޒީ ގަބޫލު ކުރައްވައިފި

އިޓަލީގެ ބޮޑުވަޒީރުކަން ރެންޒީ ގަބޫލު ކުރައްވައިފި

އިޓަލީގެ ބޮޑުވަޒީރުކަން ރެންޒީ ގަބޫލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީޓަލީގެ ބޮޑުވަޒީރުކަން މައްޓިއޯ ރެންޒީ ގަބޫލު ކުރައްވައިފިއެވެ.

އިޓަލީގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރެންޒީ ވަނީ ރަސްމީކޮށް ބޮޑުވަޒީރުގެ މަގާމް ގަބޫލު ކުރައްވައި ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފިކަން އިޢުލާން ކުރައްވައިފައެވެ.

އަދި މަގާމާ ހަވާލު މި ވަނީ އިޓަލީގެ އިގްތިޞާދު ވެއްޓިފައި މިވާ ވަޅުގަނޑުން ނަގައިދޭނެ ކަން ބައިނަލް އަގްވާމީ މުޖްތަމައަށް ހާމަކޮށްދެމުން ކަމަށްވެސް ރެންޒީ ވިދާޅުވިއެވެ.

"އަހަންނަށް އެނގޭ މިއީ ކިހާވަރެއްގެ ޒިންމާއެއް ކަން" އިޓަލީގެ ރައީސް ޖޯޖިއޯ ނަޕޯލިޓާނޯއާއި އެކު ގާތްގަނޑަކަށް ތިންގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރެންޒީ ވިދާޅުވިއެވެ.

"އަހަންނަށް ވުރެ އިސް ފަރާތްތަކާ، ސެނެޓާ (ގާނޫނު ހަދާ މަޖްލިސް) އަދި ރަނގަޅު ގޮތެއް ވުމުގެ އުއްމީދުގައި ތިބި އެތައް މިލިއަން އިޓަލީގެ ރައްޔިތުންނެއްގެ އިތުބާރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" އަދިވެސް އޭނާ ބުންޏެވެ.

ރެންޒީއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އިޓަލީގެ ބޮޑުވަޒީރަކަށް ހުންނެވި އެންރިކޯ ލެއްޓާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުގެ މަގާމާ ހަވާލުވުމަށް އިޓަލީގެ ރައީސް އެދިލެއްވުމުންނެވެ. މިހާތަނަށް އޭނާ ހުންނެވީ ފްލޮރެންސްގެ މޭޔަރަކަށެވެ.

39 އަހަރުގެ ރެންޒީއަކީ މިހާތަނަށް އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާއެވެ.

ޓެގް

ލާދީނީ ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.