ދުނިޔެ ރައްޔިތުންގެ މުދާ "ވަގަށް ނެގި" ކަމަށް ބުނެ ކުރާ ދައުވާއަށް މުބާރަކް އިންކާރުކޮށްފި

ރައްޔިތުންގެ މުދާ "ވަގަށް ނެގި" ކަމަށް ބުނެ ކުރާ ދައުވާއަށް މުބާރަކް އިންކާރުކޮށްފި

ރައްޔިތުންގެ މުދާ "ވަގަށް ނެގި" ކަމަށް ބުނެ ކުރާ ދައުވާއަށް މުބާރަކް އިންކާރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެރި ކަމުގައި ހޭދަކުރެއްވި ދިގު ޒަމާންތަކުގައި ރައްޔިތުންގެ މުދާ "ވަގަށް ނަގައިފައި" ވާ ކަމަށްބުނެ އެ ގައުމުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރު ކޮށްފިއެވެ.

އިއްޔެ ކައިރޯގެ ކޯޓެއްގައި ހިނގި މި ޝަރީއަތަށް މުބާރަކް އާއި އެކު އޭނާގެ ދެ ދަރިންވެސް ހާޒިރުވިއެވެ. އެ ދެ ދަރިންނަކީވެސް ރިޝްވަތު ދިން ކަމުގެ ދަޢުވާއެއް އުފުލިފައިވާ ދެކުދިންނެވެ. މުބާރަކްގެ ޝަރީޢަތުގެ މަޖްލިސް ވަނީ އެގައުމުގެ ގައުމީ ޓީވީން ވަގުތުން ދައްކާފައެވެ.

މުބާރަކް އާއި އޭނާގެ ދަރިންގެ މައްޗަށް، ރިޔާސީ ގަނޑުވަރަށް ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރެއިންނާއި އަދިވެސް އެހެނިހެން ދާއިރާތަކަށް ޚަރަދުކުރުމަށް ހުރި 14.37 މިލިއަން ޑޮލަރު "ވަގަށް ނަގައިފައި" ވާކަމަށް ދައުވާ އުފުލިފައިވެއެވެ.

މިއީ މުބާރަކްގެ މައްޗަށް އުފުލިފައިވާ ހަތަރު ދަޢުވާގެ ތެރެއިން އެއް ދަޢުވާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.