އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް 9 އަހަރު ފުރޭދުވަހު ޤުރުއާން އެންދުމަށް ގޮވާލި، އެމެރިކާގެ ފަށްޅިއެއްގެ ފާދިރީއެއް ކަމުގައިވާ ޓެރީ ޖޯންސް އިނގިރޭސް ވިލާތަށް އެރުން މަނާކޮށްފިއެވެ. ނިމިގެން ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކުރިޔަށް ގެނދިޔުމަށް ޓެރީ ޖޯންސް ނިންމި ޤުރުއާން އެންދުމުގެ ހަރަކާތް އޭނާ ހުއްޓާލާން ޖެހުނީ މުޅި ދުނިޔޭން އެކަމާ ދެކޮޅުހެދުމުންނެވެ.
ޓެރީ ޖޯންސް އިނގިރޭސް ވިލާތަށް އެރުން މަނާކޮށްފައި މިވަނީ، "ދަ އިންގްލިޝް ޑިފެންސް ލީގް" ނަމަކަށް ކިޔާ ޖަމްޢިއްޔާއަކުން، އިނގިރޭސް ވިލާތުގައި އިސްލާމްދީން ފެތުރެމުންދާ ދިއުމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެއްގައި ބައިވެރިވުމަށް ޓެރީ ޖޯންސް އަށް ދައުވަތު ދީފައިވަނިކޮށެވެ.
ހައްދުފަހަނަ އަޅާފައިވާ އެހެން ޖަމާއަތެއް ކަމަށްވާ "އިންގްލެންޑް އިޒް އަވާސް" އުންވެސް އެމީހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވަނީ، ފެބްރުއަރީ މަހު އިނގިރޭސް ވިލާތުގައި، އިސްލާމްދީން ފެތުރެމުން ދާ ދިޔުމާ މިސްކިތްތަށް ބިނާކުރުމާ ދެކޮޅަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ޓެރީ ޖޯންސް އަށް އެމީހުންވެސް ދައުވަތު ދީފައިވާނެކަމަށެވެ.
"އިންގްލެންޑް އިޒް އަވާސް" ގެ ސެކެއްޓްރީ، ބެރީ ޓޭލާ ހާމަކުރެއްވި ގޮތުގައި، ފެބްރުއަރީ މަހު ބާއްވާ ހަރަކާތްތަކުގެ ބޭނުމަކީ އިނގިރޭސް ވިލާތުގައި އިސްލާމްދީން ފެތުރެމުން ދާ ބާރުމިނާއި އެކަމުގެ ސަބަބުން ނިކުންނާނެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. ނަމަވެސް ބްރިޓިޝް ހޯމް އޮފީހުން ހާމަކުރެއްވިގޮތުގައި އިނގިރޭސް ވިލާތަކީ ހުރިހާ ބާވަތެއްގެ ހައްދުފަހަނަ އެޅުމާ ދެކޮޅު ޤައުމެކެވެ. އަދި ޓެރީ ޖޯންސް އިނގިރޭސް ވިލާތަށް އެތެރެވުން މަނާކުރީވެސް އެހެންވެ ކަމަށް ހޯމް އޮފީހުން ހާމަކުރަށްވައެވެ.

















ފައްޅީގެ އިމާމުގެ ބަދަލުގައި ފައްޅީގެ ފާދިރީ ލިޔުން ރަނގަޅު ކަމަށް ފެނޭ. އިމާމަކީ ޢާއްމުކޮށް އިސްލާމް ދީނުގެ ޢިލްމުވެރިންނާއި އިމާމުންނަށް ނިސްބަތްކޮށް ބޭނުން ކުރެވޭ ބަހެއް.
|“އިންގްލެންޑް އިޒް އަވާސް” ގެ ސެކެއްޓްރީ، ބެރީ ޓޭލާ ހާމަކުރެއްވި ގޮތުގައި| އެފަދަ ކާފިރުންނަށް ނިސްބަތްކޮށް މާތް ބަހުރުވަ ބޭނުންކުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެއް ނޫން. އަހަރެމެން މާތްކޮށް ހިތާ ރަނގަޅު ބަހުރުވަ ބޭނުންކުރަން ޖެހޭނީ އެކަމަށް އެކަށީގެންވާ މީހުންނަށް. ޓެރީ ޖޯންސް ގުރުއާން އަންދަވާ ވާހަކައާއި އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ކުޑަކުދިން މަރުއްވާ ވާހަކައާއި އިސްރާއީލުގެ ބޮޑުވަޒީރު އެކަމަށް އަމުރުކުރައްވާ ވާހަކަ ބަލައިގަންނަން އެހާ ފަސޭހައެއްނޫން. ދައްޖާލު އަރާވަޑައިގަންނަވާ ވާހަކައާއި އިބިލީސް ވަސްވާސް ދެއްވާ ވާހަކަބުނުން ކަހަލަ ކަމެއް އެއީ
Allah mi meehunah heyo visnun dhevaashi