"އިހުގެ ޅެން 2" މަދަހަ އަލްބަމް އަންނަ ހަފްތާގައި ނެރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
ލިންކް: އިހުގެ ޅެން ފޭސްބުކް ޕޭޖް
“އިހުގެ ޅެން 2″ މަދަހަ އަލްބަމްގެ ޕްރޮޑިއުސަރ އިބްރާހިމް ރަމީޒް (އިބޭ) ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ “އަލްބަމްގެ ހުރިހާ މަސައްކަތެއްވަނީ ގާތްގަޑަކަށް ނިމިފައި. މުޅިން ތާރީހެއް ފައިނަލް ވުމުން އެކަން އާންމު ކުރާނެ.” ކަމަށެވެ. އަލްބަމާއި ބެހޭ ގޮތުން އިބޭ ވިދާޅުވީ “އިންޝާﷲ މިފަހަރުގެ އަލްބަމް ވަރަށް ކަމުދާނެ.”ކަމަށެވެ.
“ކުރީ ޒަމާނުގެ ވަރަށް ފާހަގަ ކުރެވޭ ޅެންތައް ކިޔާފައިވާނެ. އަހާލަން ކަމުދާ. ފޫހިނުވާނޭފަދަ ޅެން ބަލައިގެން ނަގާފައިވާނީ. ވަރަށް ހާއްސަ ޅެމެއްވެސް މިއަލްބަމްގައި ހިމެނޭނެ.” އަލްބަމްގެ ޕްރޮޑިއުސާރ އިބޭ ވިދާޅުވިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އިބޭ ވިދާޅުވީ މިފަހަރުގެ އަލްބަމަށް ދީފައިވާ ނަމަކީ “ވަޤްތު” ކަމަށެވެ. އިބޭގެ އިތުރުން ތިންމީހަކު މި އަލްބަމަށް މަދަހަކިޔާދީ ފައި ވާއިރު އޭގެ ތެރޭގައި މިދާއިރާއަށް މުޅިން އާފަރާތެއްވެސް މަދަހަ ކިޔާދީފައިވާ ކަމަށެވެ.
“އިހުގެ ޅެން” ސިލްސިލާގެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ލައިވްބްލޮގް: އިހުގެ ޅެން

















ޚިޔާލު