ދުނިޔެ ސްޕޭންގެ މަގަކަށް "ފަލަސްޠީން" ގެ ނަމުން ނަން ދެނީ...

ސްޕޭންގެ މަގަކަށް "ފަލަސްޠީން" ގެ ނަމުން ނަން ދެނީ...

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙުސައިން ރަޝީދު

ސްޕޭންގެ ވެރިރަށް ކަމަށްވާ މެޑްރިޑްގެ މަގަކަށް "ފަލަސްޠީން" ގެނަމުން ނަން ދިނުމަށް އެސިޓީގެ ކައުންސިލުން ނިންމައިފިއެވެ. ސްޕޭންގެ އެތައް ސަތޭކަ ރައްޔިތުންތަކެއްގެ ގޮވާލުމަށް މިކަން ކުރުމަށް ނިންމީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާޢީދު ކުރުމުގެ ގޮތުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޢާންމު ރައްޔިތުންނާ ގުޅުންހުރި ސްޕޭނުގެ އެހެން ތަންތަނުގެ ނަންވެސް ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިމަސައްކަތް ކުރިއަށްދާއިރު ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުން ބިކަޙާލުގައި ޖައްސާފައިވާތީ، އެކަމާ ދެކޮޅުހެދުމުގެ ގޮތުން ޔޫރަޕްގެ އެކިހިސާބުތަކުގައި މުޒާހަރާތައް ބާއްވަމުން އެބަދެއެވެ.

2006 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްޠީނުގެ ޣައްޒާ ބަންދު ކޮށްފައިވާތީ، ފަލަސްޠީނުގެ 1.5 މިލިއަން މީހުންގެ އެންމެ އަސާސީ ބޭނުންތަކުންވެސް މަޙްރޫމްކޮށްލާފައިވާއިރު، ކަނޑުމަގުންވެސް ބަންދުކުރެވިފައިވާ ޣައްޒާގެ އާންމުންނާއި ދެކޮޅަށް 2009 ވަނަ އަހަރު އިސްރާއީލުން ހިންގި ޖަރީމާގައި ފަލަސްޠީނުގެ 1700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.

ޔަހޫދީ އިސްރާއީލުން ގެންދަނީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީ އާބާދީތައް ބިނާކޮށް، އެބިންތަކުގެ ޙަޤީޤީ ވެރިން ކަމަށްވާ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންގެ އެބިންތައް ފޭރެމުންނެވެ. އެގޮތުން، މުސްލިމުންގެ މުޤައްދަޞް ބިމެއްކަމަށްވާ ޤުދުސް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.