"ޓްރެވެލިން ޝައިޚް" ގެ ނަމުން މަޝްހޫރުވެފައިވާ ޝައިޚް ވަލީދް ދަރުސް ފުވައްމުލަކުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
ކެނެޑާގެ މަޝްހޫރު ދާޢީ ޝައިޚް ވަލީދް ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވާ ޖަމިއްޔަތުއް ސަލަފްއިން ހާމަކުރި ގޮތުގައި "ޢާއްމުންނަށް ހުޅުވާލެވިގެން ބާއްވާ މި ދަރުސް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެ" ކަމަށާއި "ސްކޫލު ކުދިންނަށް ބާއްވާ ސެޝަނެއް ހަމަ އެ ސްކޫލުގައި 26 ވަނަ ދުވަހުގެ ހެނދުނު ހެނދުނު 7:30 ން 8:30 އަށް އޮންނާނެ"ކަމަށެވެ.
ޝައިޚް ވަލީދް ޢަބްދުލް ޙަކީމް ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރޭގައި ފުވައްމުލަކުގައި ކުރިއަށް ގެންދާ ދަރުސްތަކުގެ އިތުރުން އެރަށު ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަނެއް 26 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާ އިރު އެ ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކުގައި ކުރިއަށްދާ ހަރަކާތްތަކުގައި އިސްވެ މަސައްކަތް ކުރައްވާނީ ގާޑިއަން އެސޯސިއޭޝަން ފަރާތުންކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.
ކެނެޑާގެ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް މަޝްހޫރުވެފައިވަނީ "ދަތުރު ކުރާ ޝެއިޚް" އެއްގެ ގޮތުގައެވެ. އެގޮތުން ޝައިޚް ވަނީ 50 އަށް ވުރެ ގިނަ ގައުމަށް އިސްލާމް ދީނުގެ ދަޢުވަތު ދިނުމުގެ ގޮތުން ދަތުރު ކޮށްފައެވެ.
ލިންކް: ޝައިޚް ވަލީދު ޢަބްދުލް ޙަކީމް ފުވައްމުލަކު ދަރުސް އިވެންޓް ޕޭޖް
ކޮމެންޓް (0)
ލޯޑް ކުރަމުން...