ދަރުސް ޚަބަރު "ފީ ބުޔޫތް" މިނަމުގައި ސިލްސިލާ ދަރުސްތަކެއް މާލެއާއި ވިލިގިލީގައި ފަށަނީ

"ފީ ބުޔޫތް" މިނަމުގައި ސިލްސިލާ ދަރުސްތަކެއް މާލެއާއި ވިލިގިލީގައި ފަށަނީ

"ފީ ބުޔޫތް" މިނަމުގައި ސިލްސިލާ ދަރުސްތަކެއް މާލެއާއި ވިލިގިލީގައި ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ފީ ބުޔޫތް" މިނަމުގައި ސިލްސިލާ ދަރުސްތަކެއް މާލެއާއި ވިލިގިލީގައި ފަށަން ހަމަޖެހިއްޖެއެވެ.

'އަލް އަސްރު'ގެ ފަރާތުން އިންތިޒާމް ކުރާ މިދަރުސްތަކަކީ ކޮންމެ ހަފްތާ އަކު 2 ދުވަހު ބާއް ދަރުސްތަކެކެވެ. ދަރުސްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ބޭފުޅަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި ދަރުސް އޮންނާނީ މާލޭ ނޫރު މިސްކިތުގައި ކަމަށާއި ވިލިގިލީގައި މަސްޖިދުއް އިޚްލާސްގައި ކަމަށެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ އަދި އަންގާރަ ދުވަހު އިޝާ ނަމާދަށްފަހު ބާއްވަން ހަމަޖެހިފައިވާ ދަރުސްގައި ވާހަކަ ދައްކަވާނީ ޝެއިޚް އާދަމް ޝަމީމްއެވެ.

ދަރުސްތަކުގައި ހިމެނޭ ބައިތަކުގެ ތެރޭގައި "އީމާންކަމާއި އަގީދާ ހަރުދަނާ ކުރުން، ދީނުގައި ސާބިތުވުން، ނުރައްކާތެރި ފކުރުތަކުން ރައްކާތެރިވުން، މަކަރިމުލް އަޚްލާގު ދަސްވުން، ރިވެތި މުޢާމަލާތް އެނގުން އަދި ހައްޤުތައް ދެނެގަތުން"ހިމެނެއެވެ.

މި ސިލްސިލާ ދަރުސްތަކުގައި ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ބައިވެރިވުމަށް ދަރުސްތައް އިންތިޒާމް ކުރާ ފަރާތުން އިލްތިމާސް ކުރެއެވެ.

ލިންކް: ފީ ބުޔޫތް ފޭސްބުކް އިވެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.