ސުފުރާ ވަޅޯމަސް ބަޖިޔާ

ވަޅޯމަސް ބަޖިޔާ

ވަޅޯމަސް ބަޖިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި

3 ޖޯޑު ކޮށާފަހުރި ވަޅޯމަސް

08 ފިޔާ ( ކޮށާފަ )

04 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

03 ފޮނި ތޮށި ( 03 އިންޗި ހުންނަވަރު )

1/4 މޭޒުމަތީ ސަމުސާ ކާފޫރު ތޮޅި ( ހިމުންކޮށް މުގުރާފަ )

03 ރާނބާ ފަތް ( 03 އިންޗި ހުންނަވަރު )

01 ގިތެޔޮ މިރުސް

1/2 2 މޭޒުމަތީ ސަމުސާ ހަކުރު

ލޮނު

2 ޖޯޑުފުއް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފިޔާ، ހަކުރު، ރާނބާފަތް، ފޮނި ތޮށި ކުޑަ ތެޔޮފޮދެއްގައި ވަޅޯ ކޮށްލާށެވެ. އެއަށްފަހު ވަޅޯމަސް، މިރުސް. ކުކުޅު ހަވާދު އަދި ހިމުންކޮށް މުގުރާފަހުރި ކާފޫރު ތޮޅި އަދި ލޮނު އަޅުއްވާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަސްގަނޑުގެ ތެރެއިން ރާނބާފަތާއި ފޮނި ތޮށި ވަކިކޮށްލާށެވެ. ދެން ރޮށި ފިހަން ފުއް މޮޑުއްވާ ގޮތަށް ފުއް މޮޑުއްވާށެވެ. ރޮށި ގޮތަށް ދަންމަވާ ކޮންމެ ރޮށްޓެއް 4 ފަޅިއަށް ކަފާލާށެވެ. އެއަށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލުމައްފަހު ތިނެސްކަނަށް ވާގޮތައް ދަމާލާށެވެ. ނުވަތަ ބަޖިޔާ ތައްގަނޑުން ހަދާލާށެވެ. ތަވާ އުނދުންމައްޗަށް އުދާފައި ތެޔޮ ކެކިގަތީމައި ބަޖިޔާ ތެލުލައްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.