ރާއްޖޭގެ ޚަބަރު ލިސްޓުގައި ފޮޓޯ ޖަހައި ޢާންމުކޮށްފައިވާތީ ޖަމިއްޔަތުއް އަޚަވާތުން ކުށްވެރިކޮށްފި

ލިސްޓުގައި ފޮޓޯ ޖަހައި ޢާންމުކޮށްފައިވާތީ ޖަމިއްޔަތުއް އަޚަވާތުން ކުށްވެރިކޮށްފި

ލިސްޓުގައި ފޮޓޯ ޖަހައި ޢާންމުކޮށްފައިވާތީ ޖަމިއްޔަތުއް އަޚަވާތުން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިސްޓުގައި ފޮޓޯ ޖަހައިގެން ޢާންމުކޮށްފައިވާތީ ޖަމިއްޔަތުއް އަޚަވާތުން ކުށްވެރިކޮށްފިއެވެ.

ޖަމްޢިއްޔަތުލް އަޚަވާތުން އިއްޔެ ނެރުނު ބަޔާނުގައިވަނީ "ލިސްޓުގައި ފޮޓޯ ޖަހާފައިވާތީ އެކަމުގެ ސަބަބުން މޫނުބުރުގާ އަޅާފައިވާ އެތައް އުޚްތުންނަކާއި އަދި ކުރިން ބުރުގާ ނާޅާ މިހާރު ބުރުގާ އަޅާފައިވާ އެތައް އުޚްތުންނެއް އެ ޖަމްޢިއްޔާއަށް ޝަކުވާ ހުށައަޅާފައިވާ"ކަމަށެވެ. އަދި "މިއީ އިލެކްޝަން ކޮމިޝަންގެ ފަރާތުން ހިންގި ވަރަށް ދަށުދަރަޖައިގެ އަދި ބަލައިނުގަނެވޭނެ ޢަމަލެއް"ކަމަށެވެ.

ޖަމްޢިއްޔަތުލް އަޚަވާތުގެ ބަޔާން އިތުރަށް ބުނެފައިވަނީ "ކުރިޔަށް އޮތް އިންތިޚާބުތަކުގައި ފަރުދީ މަޢުލޫމާތުތައް ބޭޒާރުކޮށް ދިވެހި އުޚުތުންގެ ދީނީ މިނިވަންކަމަށް އަރައި ނުގަތުމަށް ގޮވާލާ"ކަމަށާއި "މިކަން ކުރި ފަރާތްތަކުން މި އުޚުތުންގެ ކިބައިން މާފަށް އެދުމަށް"ވެސް ގޮވާލާކަމަށެވެ.

"18 ޖެނުއަރި 2014 ގައި ބާއްވާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވޯޓުލެވޭމީހުންގެ ލިސްޓު ފޮޓޯ ޖަހައިގެން ޢާންމުކޮށްފައިވުމަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އުޚްތުންތަކެއްގެ ޙައްޤު ނިގުޅައިގަނެވުނު ކަމެކެވެ. އެ ލިސްޓުގައި ފޮޓޯ ޖަހާފައިވާތީ މޫނުބުރުގާ އަޅައިފައިވާ އެތައް އުޚްތެއް މި ޖަމްޢިއްޔާއަށް އެކަމުގެ ޝަކުވާ ހުށައަޅާފައިވެއެވެ. އަދި ހަމައެފަދައިން މިހާރު ބުރުގާއަޅާފައިވާ ކުރިން ބުރުގާ ނާޅާތިބި އުޚްތުންގެ ފޮޓޯ ޖަހާފައިވާތީ، ޖަމްޢިއްޔަތުލް އަޚަވާތުން ދެކޭގޮތުގައި، މިޢަމަލަކީ ކޮންމެ މުއައްސަސާއަކުން ކޮށްފައިވާ ޢަމަލެއް ކަމުގައިވިޔަސް، ވަރަށް ދަށުދަރަޖައިގެ، ބަލައިނުގަނެވޭނޭފަދަ ޢަމަލެކެވެ. އަދި މިޢަމަލު މި ޖަމްޢިއްޔާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ." ޖަމްޢިއްޔާގެ ބަޔާނުގައި ވެއެވެ.

ޖަމްޢިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންހެނުންގެ ޙައްޤުތައް ގެއްލިގެންދަނީ ނިވާވުމުން ކަމަށް ބުނާމީހުންނަށް އޮރިޔާމުން އުޅުމުގެ މިނިވަންކަން އެމީހުން އަމިއްލައަށް ހޯދައިގަނެ އެގޮތަށް ހެދުން އަޅަމުން، ދިވެހިރާއްޖޭގެ މަގުތައްމަތީ މިނިވަންކަމާއެކު އުޅެވޭއިރު، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ނިވާވެގެންތިބި އެތައް އުޚްތެއްގެ ޙައްޤަށް އަރައިގަތުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިންވެސް އެ އުޚްތުންނަށް ލިބިދޭ ޙައްޤުތައް ނިގުޅައި ގަތުމާއި ފަރުދީ ޙައްޤުތަކަށާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށްވެސް އަރައިގަތުންކަމަށް ބުނެފައިވެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓު ފޮޓޯ އާއި އެކު އާންމު ކުރުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.