ރާއްޖޭގެ ޚަބަރު "ސަލަފް ޓޯލްކް" ނަމުގައި ފަށާ ޕްރޮގްރާމް މިރޭ

"ސަލަފް ޓޯލްކް" ނަމުގައި ފަށާ ޕްރޮގްރާމް މިރޭ

"ސަލަފް ޓޯލްކް" ނަމުގައި ފަށާ ޕްރޮގްރާމް މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ސަލަފް ޓޯލްކް" ނަމުގައި ފަށާ ޕްރޮގްރާމް މިރޭ އޮންނާނެކަމަށް ޖަމިޢްޔަތުއްސަލަފް އިން ހާމަކޮށްފިއެވެ.

ޖަމިއްޔަތުއްސަލަފްއިން މިއަދު ހާމަކުރިގޮތުގައި "ސަލަފް ޓޯލްކް ގެ ނަމުގައި ފަށާ ޕްރޮގްރާމް ގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް މިރޭ އޮންނާނެ"ކަމަށާއި "މިއީ މިޕްރޮގްރާމް ގެ ދަށުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް"ކަމަށެވެ.

ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މިޕްރޮގްރާމް އޮންނާނީ މިރޭ އަރަބިއްޔާ ސްކޫލުގައި ކަމަށާއި ޕްރޮގްރާމް ފަށާނީ މިރޭ 8:45 ގައިކަމަށްވެސް ޖަމިއްޔަތުއްސަލަފް އިން ހާމަކުރެއެވެ.

މިޕްރޮގްރާމްގައި ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ބައިވެރިވުމަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.