ރާއްޖޭގެ ޚަބަރު މާމައިންނާއި ކާފައިންނަށް ފަސޭހައިން ފުލުހުންނާ ގުޅޭނެ ޕްރޮގްރާމެއް ފަށައިފި

މާމައިންނާއި ކާފައިންނަށް ފަސޭހައިން ފުލުހުންނާ ގުޅޭނެ ޕްރޮގްރާމެއް ފަށައިފި

މާމައިންނާއި ކާފައިންނަށް ފަސޭހައިން ފުލުހުންނާ ގުޅޭނެ ޕްރޮގްރާމެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާމައިންނާއި ކާފައިންނަށް ފަސޭހައިން ފުލުހުންނާ ގުޅޭނެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިޕްރޮގްރާމްއަކީ ޢުމުރުން ދުވަސްވީ މީހުން ނުވަތަ މާމައިންނާއި ކާފައިންނަށް ކުރިމަތިވާ އެކިއެކި ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެހެން މީހަކު މެދުވެރިނުކޮށް ފަސޭހައިން އެފަރާތްތަކަށް ފުލުހުންނަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

"ކޯލް އަސް، ވީ ވިލް ހެލްޕް މިނަމުގައި “މާމަ އަދި ކާފަ” މެންގެ ފޯނުގައި ޕޮލިސް ސްޓޭޝަންތަކުގެ ނަމްބަރު ސޭވް ކޮށްދީ ސްޕީޑް ޑަޔަލްގައި ޕޮލިސް ސްޓޭޝަންގެ ނަމްބަރ ހިމަނައިދީ އެނަމްބަރުތައް ސޭވްކޮށްދިނުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން"ކަމަށް ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން "ހުވަދު އަތޮޅުގައި ޢާއިލާގެ އެހެން މެމްބަރުންނާ ވަކިން ދިރިއުޅެމުންދާ ދުވަސްވީ މީހުންގެ ޙާލު އަހުވާލު ބަލައި އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ ސަމާލުކަމެއްދީ އެމީހުންގެ މުދަލާއި ގެދޮރު ބެލެހެއްޓުމުގައި ފުލުހުންގެ ފަރާތުން އިރުޝާދާއި އެހީތެރިކަންލިބިގެންދާނެ ގޮތަކަށް ފުލުހުންގެ މަސައްކަތް ބައްޓަންކުރެވިގެންދާނެ"ކަމަށްވެސް ހުވަދު އަތޮޅުގެ އެކްޓިންގ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން އާއި ހަވާލާދީ ފުލުހުންގެ ވެބްސައިޓްގައިވެއެވެ.

މިމަހު 8 ވަނަ ދުވަހުން ފެށިގެން ހުވަދު އަތޮޅުގައި ކުރިއަށްދާ ކުރިއަށް ގެންދަނީ "އޮޕަރޭޝަން ނިއު ބްރީޒް"ގެ ނަމުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.