އަރަބިދުނިޔެދުނިޔެ

55 އަހަރަށްފަހު ޓިއުނީޝިއާގެ ޓީވީތަކުން ބަންގީގެ އަޑު ދުރަށް ފޮނުވަން ފަށައިފި.

ލިޔުނީ: ހުސެއިން ސާލިމް

ޓިއުނީޝިއާގައި ހުޅަނގުގެ އެހީއާއެކު ހިންގަމުން އައި ޕަޕެޓް ސަރުކާރު ވެއްޓުމާއެކު، ޓިއުނީޝިއާގެ ޓީވީ ސްޓޭޝަންތަކުން ފަސްވަގުތު ބަންގީގެ އަޑު ދުރަށް ބުރޯޑްކާސްޓްކުރަން ފަށައިފައިވާކަމަށް އަރަބި ބަހުން ޚަބަރު ފަތުރަމުން ދާ އަލް މުފައްކިރާތުލް އިސްލާމިއްޔާއިން ހާމަކޮށްފިއެވެ.

އަލް މުފައްކިރާތުލް އިސްލާމިއްޔާއިން ހާމަކުރާގތުގައި ވެރިކަމުން ފިއްލަވާ ވަޑައިގެންނެވި، ޒައިނުލް އާބިދީން ވަނީ ބަންގީގެ އަޑު ބްރޯޑްކާސްޓްކުރުންވެސް މަނާކޮށްފައެވެ. މީގެ އިތުރުންވެސް ބިން އަލީ އަކީ އޭނާގެ ވެރިކަމުގައި ބުރުގާއާ ވަރަށް އިދިކޮޅު، އަދި ބުރުގާ އަޅާ އުޚްތުންނަށް އަދަބުވެސް ދީފައިވާ އަލްމާނީ ވެރިއެއްކަމަށް އަލް މުފައްކިރާތުން ހާމަކޮށްފައިވާ ރިޕޯޓުގައިވެއެވެ.

ބިން އަލީގެ ވެރިކަން ވައްޓާލުމަށް ހިންގި ބޮޑު ހަރަކާތަށް ތާއީދުކޮށް އަލް އަޒްހަރު ޔުނިވާސިޓީގެ ބައެއް ޕްރޮފެސަރުންވެސް ވަނީ، އެ ހަރަކާތަކީ ދީނީގޮތުން ކުރަންޖެހިފައިވާ ކަމެއްކަމަށް ހާމަކޮށްފައެވެ. އަލް އަޒްހަރު ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ، މުހައްމަދު ރަފާތް އުސްމާން ވިދާޅުވީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލުކުރާހާ ހިނދަކު ވެރިމީހަށް ކިޔަމަންވާން ޖެހޭނެކަމަށާއި ނަމަވެސް ވެރިމީހާ ﷲގެ ޝަރީއަތާ ޚިލާފުވެއްޖެނަމަ ވެރިމީހާއާ ދެކޮޅަށް ނިކުންނަން ޖެހޭނެކަމަށެވެ.

ޒައިނުލް އާބިދީން ފިއްލަވައި ވަޑައިގަންނަވަމުން ދައުލަތުގެ ޚަޒާނާއިން 1.5 ޓަނުގެ ރަން ވަގަށް ގެންދެވިކަންވެސް މިހާރު ވަނީ ފަޅާއަރައިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *