ރާއްޖޭގެ ޚަބަރު ޤުރުއާނާބެހޭ މަރުކަޒަށް ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދަނީ

ޤުރުއާނާބެހޭ މަރުކަޒަށް ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދަނީ

ޤުރުއާނާބެހޭ މަރުކަޒަށް ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤުރުއާނާބެހޭ މަރުކަޒަށް ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ހޯދަން އިއުލާންކޮށްފިއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒު ހާމަކުރި ގޮތުގައި އެމަރްކަޒުގެ ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުން ބޭނުންވާކަމަށާއި ޝަރުޠު ހަމަވާ ފަރާތްތަކުން 9 ޖަނަވަރީ 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެކޮޕީ ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވަން ޖެހޭނެކަމަށެވެ.

ޤުރުއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ކިޔަވައިދިނުމަށް ހޯދަނީ 8 ރިސޯސް މުދައްރިސުން ނެވެ.

ޙިފްޡު ކްލާހުގައި ކިޔަވައިދެއްވާނެ ރިސޯސް މުދައްރިސުންގެ ޝަރުތު ކަމުގައި ކީރިތި ޤުރްއާނާބެހޭ މަރްކަޒު ހާމަކޮށްފައިވަނީ ޤުރްއާން ތަޖުވީދުމަގުން ކިޔަވަން ދަންނަ ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން، ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ނުވަތަ ޑިޕްލޮމާ ހަދާފައިވުން އަދި ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުމެވެ.

ރިސޯސް މުދައްރިސުން ބޭނުންވެގެން ކުރި އިއުލާންގައިވާ ގޮތުގައި އެމަގާމުގެ މުސާރައަކީ ނަގައިދޭ ކޮންމެ ގަޑިއަކަށް -/ 200 ރުފިޔާ ކަމަށާއި މިމަގާމުގެ މުއްދަތަކީ 2 އަހަރު ކަމަށްވެސް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.