މުޟާރަބާ ޞުކުކް ގެ ސަބްސްކްރިޕްސަން ބަންދުކުރާ މުއްދަތު އިތުރުކުރުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ (އެޗްޑީއެފްސީ) އިން ހާމަކުރި ގޮތުގައި މުޟާރަބާ ޞުކުކް ގެ ސަބްސްކްރިޕްޝަން ބަންދުވާ ތާރީޚަކީ 20 ޖަނަވަރީ 2014 ކަމުގައި ހަމަޖައްސާފައިވާކަމަށެވެ. އެޗްޑީއެފްސީ ހާމަކުރި ގޮތުގައި "01 އޮކްޓޫބަރު 2013 ގައި ހުޅުވާލި މުޟާރަބާ ޞުކުކް ގެ ސަބްސްކްރިޕްސަން ބަންދުކުރާދުވަހުގެ ގޮތުގައި 31 ޑިސެންބަރު 2013 ކަމުގައި ހަމަޖައްސާފައިވީ ނަމަވެސް، ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބޭނުންވާ އިތުރުމަޢުލޫމާތު ފޯރުކޮށްދިނުމަށާއި މި ބޮންޑު އިޝޫއަކީ ކާމިޔާބު އިޝޫއަކަށް ހެދުމަށްޓަކައި އިތުރު ފުރުސަތުގެ ގޮތުގައި ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތުދިނުމުގެ މަޤުޞަދުގައި ސަބްސްކްރިޕްޝަން ބަންދުވާ ތާރީޚަކީ 20 ޖަނަވަރީ 2014 ކަމުގައި ހަމަޖައްސައިފައިވާ"ކަމަށެވެ.
އެޗްޑީއެފްސީ އިތުރަށް ހާމަކުރާ ގޮތުގައި ޞުކޫކްއެއްގެ އަގަކީ 500 ރުފިޔާ އެވެ. އެޗްޑީއެފްސީ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ވިއްކާ ޞުކޫކްގެ ބޭނުމަކީ 50 މިލިއަން ރުފިޔާ ހޯދައި، އެ ފައިސާ އިން އެޗްޑީއެފްސީގެ އިސްލާމިކް ވިންގުކަމުގައިވާ އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް، ގެދޮރު އިމާރާތްކުރުމަށް، އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އާއްމުންނަށް ފައިސާ ދޫކުރުން ކަމަށެވެ.
މުޟާރަބާ ޞުކުކް ގެ ސަބްސްކްރިޕްސަން ހުޅުވާލާފައިވަނީ އާންމުންނަށާއި، ފައިނޭންސަލް އިންސްޓްޓިއުޝަންތަކާއި، ޕަބްލިކް ކޯޕަރޭޝަން ތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި އެހެނިހެން އިންސްޓްޓިއުޝަންތަކުން އިންވެސްޓު ކުރުމަށެވެ.
އެޗްޑީއެފްސީ ޞުކޫކް އަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ދޫކުރެވޭ މާލީ ވަސީލަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...