ސަބީލީއަކީ މުސްލިމުންނަށް ހާއްސަކުރެވިގެން ނެރެމުންދާ ލިނަކްސްގެ ޑިސްޓްރިބިއުޝަންއެކެވެ. ޑިސްޓްރިބިއުޝަން އަކީ ވަކިބޭނުމަކަށް ނުވަތަ ވަކިބަޔަކަށް ކަސްޓަމައިސްކޮށް ފަރުމާކުރެވިފައިވާ ލިނަކްސް އޮޕަރޭޓިންގެ ސިސްޓަމްގެ ކޮޕީތަކަށް ކިޔާނަމެކެވެ. މިގޮތުން ސަބިލީއަކީ، އާންމުދިރުއިޅުމުގަޔާއި އޮފިސްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރތައް ހިމެނުމުގެ އިތުރުން، މުސްލިމުންނަށް ހާއްސަވެގެންވާ، މުސްލިމުންނަށް ބޭނޫންތެރި އެތަކެއް ބައިވަރު ސޮފްޓްވެއަރ ޕެކޭޖްތައް އޭގައި ހިމަނައިގެން ތައްޔާރުކުރެވިފައިވާ ޑިސްޓްރިބިއުޝަނެކެވެ. މިސާލަކަށް ދަންނަވަނީ ނަމަ ޤުރުއާން ސޮފްޓްވެއަ އެއްކަމުގައިވާ ޒިކްރު ސަބީލީގައި ހިމެނިގެންވެއެވެ. ޒިކްރު ސޮފްޓްވެއަރ އަކީ ޤުރުއާނާއި ތަރުޖަމާ ބަލައި، ކިޔެވުން އަޑުއަހައި ހެދުމަށް ފަސޭހަ ސޮފްޓްވެއަރ އެކެވެ. އެތައްބަހެއްގެ، ގިނަ އިލްމުވެރިންގެ 80 އެއްހާ ތަރުޖަމާ ބަލާލެވޭ މިސޮފްޓްވެއަރ ގައި ދިވެހި ތަރުޖަމާވެސް ހިމެނިފައިވާކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަ ކޮއްލަން ބޭނުންވާކަމެކެވެ. އަދި މިއީގެ އިތުރުން ހަދީސްތައް ބަލާ، ދިރާސާކޮށް ހެދުމަށް މަގުފަހިކޮށްދޭ ސޮފްޓްވެއަރ އެއްވެސް ހިމެނިގެންވެއެވެ. ޤުރުއާންގެ ވަކި އާޔަތެއް ހޯދަންބޭނުންނަމަ ނުވަތަ ކޮޕީކޮށް ވޯޑްއަށް ޕޭސްކުރަން ބޭނުންވާނަމަ ޓައިޕް ކުރުމުގެ ބަދަލުގައި އެކަން ކުރުމުގެ ޤާބިލްކަންވެސް ލިބިގެންވާ ސޮފްޓްވެއަރ ތައް ވެސް ސަބިލީގައި ހިމެނިގެންވެއެވެ.
ވަރަށް ގިނަ ބެލެނިވެރިންގެ ސަކުވާ އަކަށް އަބަދުވެސް ވެފައި އޮންނަނީ އެމީހުންގެ ދަރިން މާގިނަ ވަގުތު ކޮންޕިއުޓަރ ގެ ކައިރީގައި ހޭދަކުރާ ވާހަކައެވެ. އަދި ހަމަ މިއާއި އެކު ބެލެނިވެރިޔާ ގޭގައި ނޫޅޭއިރު ކުދިން އެމީހުންގެ އުމުރާ ނުގުޅޭ ބަވަތުގެ ތަކެތި ފެންނާތީ ނުވަތަ ބަލާފާނެކަމީ، ބެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. ސަބީލީގައި މިކަމަށް ވަކިން ހާއްސަވެގެން ވާ ސޮފްޓްވެއަރ އެއް ހިމެނިގެންވެއެވެ. މިސޮފްޓްވެއަރ ބޭނުން ކުރުމުން އެކުދިންނަށް ވަދެވޭނީ ބެލެނިވެރިޔާ ހުއްދަދީފައިވާ ވެބްސައިޓްތަކަށް އެކަންޏެވެ. ނުރަނގަޅު ވެބްސައިޓްތަށް އޮޓޯމެޓިކުން ބްލޮކް ކުރުމުގެ އިތުރުން، އިންޓަނެޓަށް ވަދެވޭނީ ކޮންވަގުތެއްގާ، ކިހާއިރަކަށްތޯވެސް ސެޓްކުރެވިދާނެއެވެ. އަދި ހަމަ މީގެ އިތުރުން ވަކިވަގުތެއް ހަމަ ވުމުން ކޮންޕިޓަރ އަމިއްލައަށް ނިވޭނެ ގޮތްވެސް މިސޮފްޓްވެއަރ ބޭނުން ކޮށްގެން ހެދިދާނެއެވެ. އަދި މިއީ ވަރަށް ފަސޭހަކަމާއެކު ކޮންމެމީހަކަށްވެސް ކޮނފިގަ ކުރެވޭނެގޮތަށް ހަދައިފައިވާ އެއްޗެކެވެ.
ސަބީލީގައި ނަމާދު ވަގުތު ޖެހުމުން އެކަން އަންގައިދޭ ސޮފްޓްވެއަރ އެއްވެސް ހިމެނިގެންވެއެވެ. ކޮންމެ ނަމާދު ވަގުތެއް ޖެހުމުން އެކަން އަންގައިދީ އަދި ޤިބްލަ އަކީ ކޮބައިކަންވެސް މިއީގެން އަންގައި ދެއެވެ. އަދި މޮނާޖަތް ސޮޕްޓްވެއަރ އިން އިސްލާމީ ރިވެތި ދިރިއުޅުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހިމެނުމަށްޓަކައި ޑެކްސްޓޮޕްގެ ނޯޓިފިކޭޝަން ސިސްޓަމްއަށް ކީރިތި ރަސޫލާ ކުރައްވާފައިވާ ހަދީސްތައް ވެސް އަރަމުންދާނެއެވެ. އަދި ހަމަ މިއާއި އެކު މީލާދީ ކަލަންޑަރ ގެ އިތުރުން ކަލަންޑަރ ގައި ޙިޖުރީ ކަލަންޑަރ ވެސް އެކުލެވިގެންވާއިރު އިސްލަމީ ތާރިހުގެ މުހިންމު ދުވަސްތައް ވެސް މިކަލަންޑަރ އިންފެންނަމުންދާނެއެވެ.
މިހުރިހާ ފަސޭހަތަކަކާއި، ހިތްހަމަޖެހުން ލިބުމާއެކުވެސް، ސަބިލީއަކީ އެއްވެސް އަގެއްނެތި ކޮންމެ މީހަކަށް ވެސް ބޭނުން ކުރުން އަދި ބަދަލު ކުރުމުގެ ހައްގު ލިބިގެންވާ އޯޕަންސޯސް ސޮފްޓެވެއަރ އެކެވެ. ސަބީލީ ބިނާ ކުރެވިފައިވަނީ ލިކަންސްގައި މިވަގުތު އެންމެ މަގުބޫލު އެއް ޑިސްޓްރިބިއުޝަން ކަމަށްވާ އުބުންޓުގެ މައްޗަށެވެ. އަދި މިކަމުން ލިބިގެންދާ ފައިދާ އަކީ އުބުންޓޫގައި ބޭނުން ކުރެވޭނެ ކޮންމެ ސޮފްޓްވެއަރ އެއްވެސް ސަބީލީގައި ބޭނުން ކުރެވުމެވެ.
ސަބިލީ ލިނިކްސް ހޯއްދަވަން ހަމައެކަނި ކުރަށްވަން ޖެހޭނެކަމަކީ www.sabily.org އަށް ގޮސް، ޑައުންލޯޑްކުރުމެވެ. އިންސްޓޯލް ސީޑީ ލެއްވުމަށްފަހު އެގައިވާ އިރުޝާދުތަށްކަށް ބަލައިގެން 10 ވަރަކަށް މިނެޓްތެރޭގައި އިންސްޓޯލް ކުރެވޭނެއެވެ.
އިސްލާމީ ރިވެތި ދިރިއުޅުމަކަށް ސައްތައިން ސައްތަ ހަލާލް ސޮފްޓްވެއަރ ބޭނުން ކުރުން ކީއްތޯ؟
އަސްލު: އިނގުރައިދޫލައިވް
ކޮމެންޓް (0)
ލޯޑް ކުރަމުން...