ސުފުރާ

ޗީޒް ކޭކް ވިތް ސްޓްރޯބެރީ ސޯސް

ބޭނުންވާނެ ތަކެތި

2/1 ޖޯޑު ހިމުންކޮށްލާފަހުރި ލޮނު ބިސްކޯދު

4/1 ޖޯޑު ހަކުރު

6 މޭޒުމަތީ ސަމުސާ ބަޓަރު

900ގ. ބަޓަރު

2 ޖޯޑު ކާސްޓަރ ޝުގަރ

8 އައުންސް ކްރީމް ޗީޒް

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

6 ބިސް

2 ޖޯޑު ސޯރ ކްރީމް

ސޯސްތައްޔާރުކުރުމަށް ބޭނުންވާނެތަކެތި

2 ޕިންޓް ސްޓްރޯބެރީ

1 2/1 ޖޯޑުފެން

2 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

7 މޭޒުމަތީ ސަމުސާ ފުށް

3/1 ޖޯޑު ހަކުރު

ތައްޔާރުކުރާނެގޮތް

ފުރަތަމަ ހިމުންކޮށްލާފަހުރި ލޮނުބިސްކޯދު، ހަކުރު އަދި ބަޓަރ އެއްކޮށްލުމަށްފަހު، 9-6 މިނެޓްވަންދެން ޓްރޭއެއްގައި ފިހެލާ ކްރަސްޓް ތައްޔާރުކޮށްލައްވާށެވެ.

އެއަށްފަހު ބަޓަރ އޮމާންވަންދެން ގިރާލުމަށްފަހު. ޗީޒް، ކާސްޓަރ ޝުގަރ، ބިސް. ސޯރ ކްރީމް. ވެނީލާ އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރާލާ ކޭކް މިކްސް ތައްޔާރުކޮށްލާށެވެ. އެއަށްފަހު ކްރަސްޓް މައްޗަށް ތައްޔާރުކުރި ކޭކް މިކްސް އޮއްސާލުމަށްފަހު 1 ގަޑިއިރު ވަންދެން އަވަނުގައި ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫ ވަންދެން ބައިންދާށެވެ.

ސޯސް ތައްޔާރުކުރާނެގޮތް

2/1 ޖޯޑް ފެނަށް ފުށާއި ހަކުރު އެއްކޮށްލުމަށްފަހު 1 ޖޯޑްފެން ހޫނުކުރުމަށްފަހު އެފެނުގެތެރެއަށް ކުރިން ތައްޔާރުކުރި ތަކެތިއަޅާ 5 މިނެޓްވަންދެން ރަނގަޅަށް ގިރާލާށެވެ. 2/1 ޕިންޓް ސްޓްރޯބެރީ ޗިސްކޮށްލުމަށްފަހު ލުނބޯ ޖޫހާއެކު ކުރިން ގިރާލި ތަކެތީގެ ތެރެއަށްއަޅައި 30 މިނެޓުވަންދެން ފިނިކޮށްލާށެވެ. އެއަށްފަހު ބާކީ ހުރި ސްޓްރޯބެރީ ފޮތި ކުރުމަށްފަހު ސޯސްތެރެއަށް އަޅާއި އައިސް އަލަމާރިއަށްލާ ފިނިކޮށްލާށެވެ.

ކޮންމެ ކޭކް ފޮއްޗެއް މައްޗަށް ތައްޔާރުކުރި ސޯސްއަޅާލާށެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ވަރަށް މީރު!!!

  2. mi recipie meeru vaane hen heevey

  3. aunce aky kihaavareh ta??

Your email address will not be published. Required fields are marked *

More in ސުފުރާ