ބުކްސް(ޑޮޓް)އެމްވީ އަކީ އޮންލައިންކޮށް އެހާރާއި މިހާރުގެ ގިނަ ދިވެހި ފޮތްތަކާއި މަޖައްލާތައް ވިދާޅުވުމަށް ހަދާފައިވާ ސައިޓެކެވެ. މިވެބްސައިޓްގެ މައިގަނޑު ބޭނުމަކީ މިހާރު ފެންނާންނެތް ނުވަތަ ލިބެން ދަތި ފޮތްތަކާއި މަޖައްލާތައް ފަސޭހަކަމައި އެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީތެރިކަމާއި އެކު ކޮންމެ މީހަކަށްވެސް ފެންނާނޭ ފަދައިން ހެދުންކަމަށް ބުކްސް(ޑޮޓް)އެމްވީ ގެ ފަރާތުން ހާމަކުރެއެވެ.
މިހާރު މިވެބްސައިޓުގައި ކިޔެންހުރި ބައެއް މަޖައްލާތަކުގެ ތެރޭގައި ހިދާޔަތުގެ އަލި، ފަތްތުރަ، ދަރުމަ، އައްޑަނަ، ޙައްޤު، ޖަމާޢަތުގެ ޚަބަރު، ހުކުރު މަޖައްލާ ހިމެނެއެވެ. އަދި ދާދި އަވަސް މުސްތަގުބަލެއްގައި ދިއިސްލާމް މަޖައްލާވެސް މިސައިޓްއިން ކިޔާލެވޭނެއެވެ.
ބުކްސް(ޑޮޓް)އެމްވީ އިން ދީނީ މައުޟޫތަކަށް ލިޔެވިފައި ހުރި ފޮތްތަކާއި އިސްލާމީ ތާރީޚީ މައުލޫމާތުގެ ފޮތްތަކާއި ލޯބީގެ ވާހަކަ ފޮތްތައް އަދި ކުޑަކުދިންގެ ވާހަކަތައް ކިޔާލެވެން ހުންނާނެކަމަށް ބުކްސް(ޑޮޓް)އެމްވީ ގެ ފައުންޑާރ ޖައިލަމް ހާމަކުރެއެވެ.
މިވެބްސައިޓުން ފޮތް ވިދާޅުވާއިރު އޮންލައިންކޮށް ފޮތް ވިދާޅުވިނަމަވެސް އަސްލަށް ފޮތެއް ވިދާޅުވުމުގެ ތަޖުރިބާ ލިބިގެންދެއެވެ. މިވެބްސައިޓުގައި ފޮތް ކިޔުމުގައި 3ޑީ ކޮށް ކިޔާލެވޭނެއެވެ.
ބުކްސް(ޑޮޓް)އެމްވީ ގެ އެންޑްރެއިޓް އެޕްލިކެޝަން ގޫގަލް ޕްލޭއިން ޑައުންލޯޑް ކުރެވޭނެއެވެ. ގޫލަލް ޕްލޭގައި ބުކްސް ޑޮޓް އެމްވީ ޖަހާ ސާޗް ކުރީމައި އެއެޕްލިކެޝަން ފެންނާނެއެވެ. އަދި އެ އެޕްލިކެޝަން ހިލޭ ޑައުންލޯދްކުރެވޭނެ އެޕްލިކޭޝަން އެކެވެ.
މިވެބްސައިޓުގައި ހުންނަ ހުރިހާ ފޮތެއްވެސް އެންޑްރޮއިޑް އަދި އައިއޯއެސްގެ ފޯނުތަކުންނާއި ޓެބްލެޓްތަކުން ފަސޭހަކަމާއި އެކު ވިދާޅުވެވޭނެއެވެ. އައިއޯއެސް ޓެބްލެޓް އަދި ފޯނުތަކުން ސަފާރީ ވެދުވެރިކޮށް ވެބްސްއިޓަށް ޒިޔާތަރްކޮށް ފޮތް ވިދާޅުވެވޭނެއެވެ. މިވެބްސައިޓުގައި ހުންނަ ފޮތްތަށް ވިދާޅުވުމަށް އެއްވެސް ފައިސާއެއް ހޭދަކުރާކަށް ނުވަތަ ރެޖިސްޓަރވާކަށް ނުޖެހޭނެއެވެ. މިހާރު މިވެބްސައިޓުގައި ސްޕޮންސާގެ ގޮތުގައި ކުންފުނިތަކުގެ ޕްރޮޑަކްޓް ކެޓަލޮގް އަދި ޑެލިވަރީ މެނޫތައް ޖެހުމުގެ ފުރުސަތު ހުޅުވާލެވިފައވާ ކަމަށާޢި އެކަމަށް އެދޭ ފަރާތްތަކުން [email protected] އާ މެއިލް ކުރުމަށް ބުކްސް(ޑޮޓް)އެމްވީ އިން އެދެއެވެ.
ބުކްސް(ޑޮޓް)އެމްވީ ގައި ހިމެނޭ ފޮތްތަކުގެ އަދަދު އިތުރުވެގެންދިއުމަކީ ކިޔުންތެރިންވެސް ބޭނުންވާނެފަދައިން ބުކްސް(ޑޮޓް)އެމްވީ ގެ މުހިންމު އެއް ބޭނުންކަމަށް އެވެބްސައިޓުން ހާމަކުރެއެވެ.
ލިންކްތައް:
- ބުކްސް(ޑޮޓް)އެމްވީ
- ގޫލަލް ޕްލޭ ގައި ބުކްސް(ޑޮޓް)އެމްވީ
ކޮމެންޓް (0)
ލޯޑް ކުރަމުން...