ބައެއް މީހުންނަށް ދީން އަންނަނީ މޫސުމެއް ފަދައިން ކަމަށް ޝެއިޙް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޙް އަޙްމަދު ސަމީރު މިފަދައިން ވިދާޅުވީ 6 ޑިސެމްބަރު ގައި މަކުނުދޫ ގައި ބޭއްވި ދަރުސްއެއްގައި ވާހަކަ ދައްކަވަމުންނެވެ. މަކުނުދޫ ދީނީ ރޫހްގެ ފަރާތުން އިންތިޒާމްކުރި މިދަރުސްގައި ވާހަކަ ދައްކަވަމުން ޝެއިޚް ސަމީރު ވިދާޅުވީ "ބައެއް މީހުންނަށް ދީން އަންނަނީ މޫސުމެއް ފަދައިން. ހަފްތާޔަކު ފަސް ނަމާދު ކޮފިއްޔަ އަނެއް ހަފްތާ ގަ ނަމާދު ނުކުރާ" ކަމަށާއި "އަހަރެމެންގެ އަމަލުތަކުން ހީވަނީ މީ ސުވަރުގޭގެ ބޯޑިންގ ޕާސް ލިބިފަވާ ބައެކޭ. މިއަދު އަޅުގަންޑުމެންގެ ހާލަތު މިވަނީ އެހާ ދަށު ދަރަޖައިގައި." ކަމަށެވެ. އަދި "އިންސާނާ އަށް ކުރެވެ ހޭޔޮ އަމަލުތައް ގިނަ އޭ ހީވާނަމަ އެ އިންސާނާ އެވަނީ ﷲގެ ހައްޤަށް ޤާފިލް ވެފައި."ކަމަށާއި "މުސީބާތެއް ދިމާވީމަ ﷲގެ މަތިން ހަންދާން ވެ އިޚްލާސްތެރިވޭ. އެހެންނަމަވެސް އެކަމުން ސަލާމަތްވުމުން އެކަން ހަންދާން ނެތޭ." ކަމަށެވެ.
"ދިމާވާ އެންމެ ބޮޑު މައްސައްލަ އަކީ ކޮންމެ މީހަކަށް އެމީހެއްގެ ސައިޒް އޮޅުން. އެ މީހާ ދުނިޔެ އަށް ފޮނުވުނީ އެމީހާ އުޅެންވީ ގޮތް އަމިއްލަ އަށް ކުރާކަށް ނޫން. އެހެންނަމަވެސް ﷲގެ ފޮތައް ބަލައިގެން އުޅުން."ކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ.
ޝެއިޚް ސަމީރުގެ ވާހަކަފުޅުގައި އިތުރަށް ހާމަކުރި ގޮތުގައި "އިންސާނާ އުޅެނީ ﷲ ދެއްވި މަތިވެރި ނިއުމަތްތަކުގެ މަތީގައި. ނިއުމަތްތަކުގެ ބޭނުން ހިފައިގެން. އެހެންނަމަވެސް އެ އިންސާނާ އެނިއުމަތްތަކުގެ ވެރި އިލާހް ގެ މަތިން ހަންދާނެއް ނުހުރޭ. އެ އިންސާނާ އެއީ އަނިޔާ ވެރިއެއް."ކަމަށެވެ.
މަކުނުދޫ ދީނީ ރޫހް އިން އިންތިޒާމް ކޮށްގެން ބޭއްވި މިދަރުސްގެ މައުލޫއަކީ “ﷲގެ ޙައްޤުތައް” އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...