ޗުއްޓީއަށް ޚާއްޞަ ކޮށްގެން، ޢަރަބި ބަހުގެ ކްލާސްތަކަކާއި ޢަރަބިއްޔާ ދަރިވަރުންނަށް ޓީއުޝަންދޭ ކްލާސްތަކެއް ފަށާގޮތަށް ހަމަޖެއްހިޖެއެވެ.
ދިއިސްލާމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކްލާސްތަކަކީ އަމިއްލަ ފަރާތަކާއި މަޢުހަދުލް ޤުރުއާނުލް ކަރީމާއި ގުޅިގެން "ޢަރަބި އެދުރު" ގެނަމުގައި ކުރިޔަށްގެންދާ ކްލާސްތަކެކެވެ. މިކްލާސްތައް އަމާޒުކޮށްފައިވަނީ ބޮޑެތި މީހުންނަށާއި ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ.
"ޢަރަބިއްޔާ ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވަނީ 2 ކުލާސް. އެއީ ގްރޭޑް 2،3،4،5 ގެ ދަރިވަރުންނަށް ޢަރަބިބަސް ދަސްކޮށްދޭ ކުލާހަކާއި އަދި ގްރޭޑް 4،5،6،7 ގެ ދަރިވަރުންނަށް ހިސާބާއި ސައިންސް (ރިޔާޞިއްޔާތާއި ޢުލޫމް) ކިޔަވަދޭ ކުލާހެއް." ކްލާސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަ ފަރާތަކުން ދިއިސްލާމްއަށް މައުލޫމާތު ދެއްވިއެވެ. އެފަރާތުން އިތުރުން ހާމަކުރި ގޮތުގައި "ޢަރަބިއްޔާ ދަރިވަރުންނައް ޚާއްޞަ ކުރެފިވައިވާ ކުލާސްތައް އޮންނާނީ ހަފްތާއަކު ތިން ދުވަހު ހަވީރު 4:00 އިން 5.20 އަށް" ކަމަށާއި "ކޮންމެ ކުލާހެއްގައިވެސް ދެ ޓީޝަރުންނާއެކު ހަފްތާއަކު 6 ޕީރިއަޑް ކިޔަވާދޭނެ"ކަމަށެވެ.
ބޮޑެތި މީހުންނަށް ޢަރަބި ބަސް ދަސްކޮށްދޭ ކްލާސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުގެ 2 މާއްދާކިޔަވާ ދޭގޮތަށް، ހަފްތާއަކު 3 ރޭ، 2 ޓީޗަރުންނާއެކު ޖުމްލަ 6 ޕީރިއަޓް ކިޔަވާ ދޭގޮތަށް، ރޭ ގަނޑު 8:30 އިން 10:00 އަށެވެ. ބޮޑެތި މީހުންނަށް ޢަރަބި ބަސް ދަސްކޮށްދޭ ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ޖިންސްވަކިން ކޮންމެ ކުލާހެއްގައިވެސް 14 ދަރިވަރުން ބައިވެރިކުރާ ގޮތަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ފިރިހެން ކުދިންގެ ކުލާހަށް ކިޔަވާ ދެއްވާނީ އައްޝައިޚް މުޙައްމަދު ސިނާން އާއި ޙުސައިން ޢަބްދު ﷲ އެވެ. އަދި އަންހެން ކުދިންގެ ކުލާހަށް ކިޔަވާ ދެއްވާނީ އަލްއުސްތާޛާ ފާޠިމަތު ސާމިރާއެވެ.
ޗުއްޓީ އާއި ދިމާކޮށް ބާއްވާ މި ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ޑިސެމްބަރ އިން 13 ޖެއުނަރީއަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށާއި ރަޖިސްޓްރީވުމަށް ނަން ނޯޓްކުރުމަށް ގުޅުއްވާނީ 7972448 ނުވަތަ 7975713 ނަންބަރަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ކުލާސްތައް ހިންގާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި ނަމާދުގައި ކިޔާތަކެތި ސްކޫލްކުދިންނަށް ދަސްކޮށްދިނުމަށް ޗުއްޓީ ތެރޭގައި ކްލާސްތަކެއް ހިންގުމަށްވެސް ގަސްތުކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...