ރާއްޖޭގެ ޚަބަރު މަޖިލީހުގެ 32 ގޮނޑިއަށް، ލޯކަލް ކައުންސިލްތަކުގައި 104 ގޮނޑިއަށް ވާދަކުރަން: އަދާލަތު ޕާޓީ

މަޖިލީހުގެ 32 ގޮނޑިއަށް، ލޯކަލް ކައުންސިލްތަކުގައި 104 ގޮނޑިއަށް ވާދަކުރަން: އަދާލަތު ޕާޓީ

މަޖިލީހުގެ 32 ގޮނޑިއަށް، ލޯކަލް ކައުންސިލްތަކުގައި 104 ގޮނޑިއަށް ވާދަކުރަން: އަދާލަތު ޕާޓީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން 32 ގޮނޑިއަށް ވާދަކުރުމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 104 ގޮނޑިއަކަށް ވާދަކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

ރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބޭއްވި ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓިން ބުނީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ކައުންސިލްތަކުގެ އިންތިޚާބުގައިވެސް އަދާލަތު ޕާޓީން ވާދަކުރާނީ، ތައުލީމީ، ޤާބިލް ބޭފުޅުންކަމަށެވެ. އެގޮތުން ދެ އިންތިޚާބުގައިވެސް ވާދަކުރައްވާ ގިނަ ބޭފުޅުންނަކީ، ޑިގްރީ އަދި ޕީއެޗްޑީ ހައްދަވާފައިވާ، އަދި ހަދަމުން ގެންދަވާ ބޭފުޅުންކަމަށެވެ.

އަދާލަތު ޕާޓީގެ ރޭގެ ނިންމުމަކީ، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެއް ނޫންކަމަށާ، އެއީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމެއްކަމަށް އެ ޕާޓީންބުންޏެވެ. އެހެންނަމަވެސް ގައުމީ މަސްލަހަތައްޓަކައި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ދޫދެވެން އޮތް އެންމެ ބޮޑަކަށް ދޫދޭނެކަމަށް އަދާލަތުން ބުނެފައިވެއެވެ. އަދި އެޕާޓީއަކީ މިހާރުގެ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕާޓީއެއްކަމަށްވާތީ، މި ދެ އިންތިޚާބުގައި، ކޯލިޝަންގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކަށް ޢަދާލަތު ޕާޓީން އެއްބާރުލުން ދޭނެކަމަށްވެސް އެޕާޓީން ބުންނެވެ. އަދި ގައުމާއި ދީނަށްޓަކައި އަދާލަތުގެ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންދަންޖެހިއްޖެ ނަމަ އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް އެޕާޓީން ހާމަކުރެއެވެ.

އަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލިސް އިންތިޙާބާއި ކައުންސިލް އިންތިޙާބުގައި ވާދަކުރަން ނިންމިނަމަވެސް އެޕާޓީގެ ކެނޑިޑޭޓުން ވާދަކުރަނީ ކޮން ދާއިރާތަކަކަށް ކަމެއް އަދާލަތުން އަދި ހާމައެއް ނުކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.