ރާއްޖޭގެ ޚަބަރު ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ ތާއީދު، ރައީސް ޔާމީން ތަކުރާރު ކުރައްވައިފި

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ ތާއީދު، ރައީސް ޔާމީން ތަކުރާރު ކުރައްވައިފި

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ކުރަމުން އަންނަ ތާއީދު، ރައީސް ޔާމީން ތަކުރާރު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށާއި، އިރުމަތީ ޤުދުސް އެއީ، އެ ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާއީދު، ރައީސް ޔާމީން ތަކުރާރު ކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ، މިއަދަކީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ. ފަލަސްޠީނު ރައްޔިތުންގެ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ފަލަސްޠީނުގެ ދައުލަތެއް ބަލައިނުގަންނަހާ ހިނދަކު، މާނަވީ މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކާމެދު ދިވެހިން ހިތާމަކުރާ ކަމަށާއި، ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގެ ކުޑަކުދިންގެ ހާލާމެދު ދިވެހިން ކަންބޮޑުވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ، އ.ދ.ގެ ނޮން-އޮބްޒަރވަރ ސްޓޭޓަސް ފަލަސްޠީނަށް ކާމިޔާބު ކުރުމަށް ހުށަހެޅުނު ޤަރާރުގެ ފަޚުރުވެރި ކޯ-ސްޕޮންސަރެއްކަންް ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތާނގައިވެސް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ބައިވެރިވުމަށް ފަލަސްޠީނުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްޠީނުގެ މައްސަލައަށް ދޭންޖެހޭ ސަމާލުކަމާއި އަހަންމިއްޔަތުގެ މަތިން ހަނދާންނައްތާނުލައި، މި މައްސަލައަށް ދެމިގެންދާނެ ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް، ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.