ރާއްޖޭގެ ޚަބަރު ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެކަމަށް އިސްލާމިކް މިނިސްޓްރީ ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރި ގޮތުގައި އިސްލާމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލް"  އަށް ގެނައުމަށް އާންމުންނަށް ފެންނަ ހިޔާލުތައް މިނިސްޓްރީއަށް ހުށައެޅުމުގެ ސުންގަޑިއަކީ މާދަމާ (1 ޑިސެމްބަރު 2013)ގެ 14:00 ގައިކަމަށެވެ. ހައްޖަށް ގެންދިއުމުގެ އުސޫލުތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެންބަރު 20 އިން ފެށިގެންނެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި ހުށައަޅާ ޚިޔާލުތައް ފޮނުވާނީ އެމިނިސްޓްރީގެ އީމެއިލްއަށާއި އެމިނިސްޓްރީގެ ފެކްސް ނަންބަރު 3315161 އަށެވެ.

ގުޅުންހުރި ލިންކް:

"ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލް"

ވޮލިއުމް: 42 އަދަދު - ގެޒެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.