ދިއިސްލާމް 14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ: ޑރ ޖަމީލް

14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ: ޑރ ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

"ޝުކުރިއްޔާ ޤައުމު" ނަމުގައި ރިޔާސީ އިންތިހާބުން ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ޑރ ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ރާއްޖެ އިން އިސްލާމްދީން ފޮހެވިގެން ދިއުން ކަމަށާއި އެގޮތުން އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ގުރުއާން ޓީޗަރުން ހަމަޖައްސައިދެވޭނެ ކަމަށެވެ.

އިތުރަށް ޑރ ޖަމީލް ވިދާޅުވީ ވިދާޅުވީ ޕީޕީއެމަށް މިއަދު ލިބުނު ކާމިޔާބީއަކީ ރައްޔިތުން ކުރެއްވި ދުއާގެ ސަބަބުން މާތް ﷲ ގަބޫލުކުރެއްވުމުން ލިބުނު ކާމިޔާބީ އެއް ކަމަށާއި އެ ކާމިޔާބީ އަށް ޝުކުރުވެރިވާ ނަމަ ރައްޔިތުން ބޭނުންވާ ބޮޑެތި ކަންތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.