ރާއްޖޭގެ ޚަބަރު ޕާޓީ ފިކުރެއް މީހާއަށް ލިބެނީ ދިވެއްސަކަށް، މުސްލިމަކަށް ވުމަށްފަހު: މޫސާ އަލީ ޖަލީލް

ޕާޓީ ފިކުރެއް މީހާއަށް ލިބެނީ ދިވެއްސަކަށް، މުސްލިމަކަށް ވުމަށްފަހު: މޫސާ އަލީ ޖަލީލް

ޕާޓީ ފިކުރެއް މީހާއަށް ލިބެނީ ދިވެއްސަކަށް، މުސްލިމަކަށް ވުމަށްފަހު: މޫސާ އަލީ ޖަލީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ޕާޓީ ފިކުރެއް މީހާއަށް ލިބެނީ ދިވެއްސަކަށް، މުސްލިމަކަށް ވުމަށްފަހު"ގައިކަމަށް ނޮވެމްބަރު 3 ގެ ބަތަލް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ވީނިއުސްގައި ޝާއިއުކޮށްފައިވާ ބަސްދީގަތުމެއްގައި  މޫސާ އަލީ ޖަލީލް ވިދާޅުވެފައިވަނީ "ޕާޓީ ފިކުރެއް މީހާއަށް ލިބެނީ ދިވެއްސަކަށް، މުސްލިމަކަށް ވުމަށްފަހު. އެއްވެސް މީހެއްގެ ހިތުގައި ވަކި ޕާޓީއަކީ ވަކި ކަހަލަ ބަޔަކު އުޅޭ ތަނެއް ކަމަށް ބޭއްވުމަކީ ގޯހެކެއް" ކަމަށާއި "ސިޔާސީ ފިކުރުގައި ބައިބައިވެގެން ދިއުމަކީ ގަބޫލު ކުރާ ހަމައެއް ނޫން"ކަމަށެވެ.

"އަހުންތަކެއް ދެއްތޯ މިއުޅެނީ ކޮންމެ ޕާޓީއެއްގައި ވެސް. މިއުޅެނީ އެއް ބައެއް، ސިޔާސީ ފިކުރު ހުންނަ ގޮތުން ބައިބައިވުން އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. ފިކުރު ތަފާތަސް ބައިބައިވާ ހިސާބަކަށް ގޮސްގެން ނުވާނެ. މި މުޖުތަމައަށް ފައިދާއެއް ނުކުރާނެ ބައިބައިވެގެންނެއް. ވޯޓްލާންވީ މީހަކަށް ވޯޓްލުން އެއީ އެހެން ކަމެއް. ސިޔާސީ ފިކުރު ޕްރޮމޯޓް ކުރުމަކީ ވަކި ކަމެއް، އެކަމަކު ރަހުމަތްތެރި ކަމާއި އާއިލީ ގުޅުން ކެނޑި މުޅިން ބައިބައި ވެގެން ދިއުމަކީ ބޮޑު ގެއްލުމެއް،" ކަމަށް ވީނިއުސްގައި ޝާއިއުކޮށްފައިވާ އިންޓަވިއުގައި މޫސާ އަލީ ޖަލީލް ވިދާޅުވެފައިވެއެވެ.

ސިޔާސީ މައިދާނާއި ދުރު މޫސާ އަލީ ޖަލީލް އެބަސްދީގަތުމުގައި ސިޔާސީ ދާއިރާ އަށް ވަނުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އެހެނަސް މޫސާ އަލީ ޖަލީލް އަތުގައި "އިޚްލާސްތެރިކަން" ނޫން އެހެން އެއްވެސް އެއްޗެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހަށް ކުރިމަތިލުމަށް އެއްވެސް ފަރާތަކުން ފައިސާގެ ސްޕޮންސާރއެއް ދީފިނަމަ ކުރިމަތިލާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މޫސާ އަލީ ޖަލީލަކީ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމަށް ހަރަކާތްތެރިވި ބަތަލެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.