އަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ މިނިވަންކަން ޤަބޫލުކުރާ ޔޫރަޕްގެ ފުރަތަމަ ޤައުމަކަށް ވުމަށް ނޯވޭ ތައްޔާރުވަނީ...

ލިޔުނީ: ހުސެއިން ސާލިމް

ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކުގެ ތެރެއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަން ޤަބޫލުކުރާ ފުރަތަމަ ޤައުމަކަށް ވުމަށް ނޯވޭއިން ތައްޔާރުވަމުން ދާކަމަށް އެޤައުމުން ހާމަކޮށްފިއެވެ. ނޯވޭގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ، ރާމަﷲގައި ނޯވޭގެ ހާރިޖީ ވަޒީރާއި، ފަލަސްޠީނުގެ ބޮޑުވަޒީރު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު ހިސާބުގައި، ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ވެގެން ދާނެކަމަށް އުންމީދު ކުރަށްވާކަމަށް ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަހަރުމެން ލަފާކުރަނީ ސެޕްޓެމްބަރ ނުވަތަ އޮކްޓޫބަރު ހިސާބުގައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްކަމަށް ދުނިޔެ ޤަބޫލުކުރާނެކަމަށް"

ނޯވޭގެ ހާރިޖީ ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފަލަސްޠީކަނީ މިނިވަން ދައުލަތެއްކަމަށް ވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާއާއި، ސިޔާސީ ގޮތުން ބޭނުންވާ އެހީތެރިކަން ފަލަސްޠީނަށް ހޯދައިދިނުމުގައި އެންމެ ކުރީ ސަފުގައި ނޯވޭއިން ހަރަކާތްތެރި ވާނެކަމަށެވެ. އެގޮތުން ޑޯނާސް ކޮމިޓީގެ ބައްދަލުވުމެއް އަންނަ އޭޕްރީލް މަހު ތެރޭ ބާއްވާނެކަމަށްވެސް ނޯވޭގެ ހާރިޖީ ވަޒީރު، ބުދަ ދުވަހުގެ ނޫސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ.

ނޫށް ކޮންފަރެންސްގައި ވާހަކަފުޅު ދަށްކަވަމުން ފަލަސްޠީނުގެ ބޮޑު ވަޒީރު ޑރ. ސަލާމް ފައްޔާދު ވިދާޅުވީ، ފަލަސްޠީނުގެ ބިންތައް ފޭރެމުން ދިޔުމުގެ މައްސަލަ ހައްލުކުރުމަށް ހަމައެކަނި އިޒްރޭލާ ހަވާލުކޮށްގެން ތިއްބެވެން ނެތްކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ދުނިޔޭގެ އެންމެހާ ޤައުމުތަކުން މިއަދު މަސައްކަތް ކުރަންވެއްޖެކަމަށް ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *