ދަރުސް ޚަބަރު ކުޑަ ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކާ އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ނުވާނެ: ހުކުރު ޚުޠުބާ

ކުޑަ ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކާ އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ނުވާނެ: ހުކުރު ޚުޠުބާ

ކުޑަ ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކާ އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ނުވާނެ: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

.ކުޑަ ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކާ އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ނުވާނެކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ

މާލެއާއި ރާއްޖޭގެ ގިނަ މިސްކިތްތަކުގައި މިއަދު ކިޔާފައިވާ މިޚުޠުބާގައި ވަނީ، ކުޑަ ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކާ އަޅުގަނޑުމެންގެ ހަށިތައް ނުރައްކަލުގެ ތެރެއަށް އެއްލާލައިގެން ނުވާނެކަމަށާއި، ﷲ އާއި އެކަލާނގެ ރަސޫލާ ދެއްކަވާފައިވާ މަގަށް ތަބާވެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރުމަކީ ފައިދާ ހުރި ގޮތްކަމަށެވެ.

"ފާހިޝް ޢަމަލުތަކުން ރައްކާތެރިވުމުގެ މުޙިއްމުކަން!" މި މަޢުޟޫގެ މައްޗަށް މިއަދު ކިޔާފައިވާ މި ޚުޠުބާގައި އަލިއަޅުވާލާފައިވަނީ އެކި އެކި ފާހިޝް ޢަމަލުތަކަށް އަރައިގަތުމުގެ ނުރައްކާތެރިކަމުގެ މައްޗަށެވެ. އެގޮތުން ބައެއް ފާފަތަކަށް އެއްގޮތަކަށްވެސް އަރައިނުގަތުމަށް މާތް ﷲ އަމުރުކުރައްވާފައިވާ ކަމަށާއި އަނެއް ބައި ފާފަތަކާ އެއްގޮތަކަށްވެސް ގާތްނުވުމަށް މާތް ﷲ އަންގަވާފައިވާކަމަށް ހުކުރު ޚުޠުބާގައިވެއެވެ. އަދި މި ފަދަ ކަންކަމުން ދުރުހެލިނުވެ ހަވާ ނަފްސަށް ތަބާވެގެން ދިއުމަކީ މާތް ﷲ ގެ ކޯފާ އެބަޔަކަށް ޙައްޤުވެގެންދާނެ ކަމެއްކަމަށާއި ދުނިޔޭގައިވެސް އެބައިމީހުންނަށް ނުރައްކަލާ ކުރިމަތިވާކަމެއްކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ. އަދި އިސްވެ ދިޔަ އުއްމަތްތަކުގެ ތެރެއިން ބައެއް އުންމަތް އެބައިމީހުންގެ ފާފާގެ ސަބަބުން ހަލާކު ކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކުރިއެވެ.

އަދި ހެޔޮ ގޮތާއި ނުބައި ގޮތް މާތް ﷲ ބަޔާންކޮށްދެއްވާފައިވާކަމަށާއި، އޭގެ ތެރެއިން ހެޔޮ ގޮތުގައި ހިފާ މީހުންގެ ތެރެއިން އެންމެން ވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލިއެވެ. އަދި ހެޔޮ ގޮތަކީ، ތިމާއަށާއި އަދި ޢާއިލާއަށާއި އެހެނިހެން މީހުންނަށްވެސް ރައްކާތެރި ގޮތްކމަުގައި ބެއްލެވުމަށް ހުކުރު ޚުޠުބާގައި ގޮވާލިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވަނީ ފަޟީލަތުއްޝައިޚް ޙުސަން ތަވްފީޤް ޢަބްދުއްރަޙްމާންއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.