ޞިއްޙަތު

މޭބިސްކަދުރު

މޭބިސްކަދުރަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.  ތަފާތު ވައްތަރާއި ކުލަތަކުގެ މޭބިސްކަދުރު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ހުންނަނީ ފެހި، ރަތް، ކަޅު، އަދި ދަނބު ކުލައިގެ މޭބިސްކަދުރެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ތަފާތު ވިޓަމިންތަކާއި، މައުދަންތައް އެކުލެވިގެންވާ މޭވާ އެކެވެ. ބައެއް ލިޔުންތަކުގައި މޭބިސްކަދުރު ސިފަކޮށްފައިވަނީ "މޭވާތަކުގެ ރާނީ"ގެ ގޮތުގައެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖޫސް ތައްޔާރުކޮށްގެންނާއި، ޖޭމާއި، ސަލަޑް ފަދަ ތަކެތި ހަދައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. މޭބިސްކަދުރަށް އޭގައި ހިމެނޭ ރަތް ނުވަތަ ދަނބު ކުލަ ގެނެސްދެނީ އޭގައި ހިމެނޭ "އެންތޯސިއެނިން"(Anthocyanins)ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. އަދި ހުދު ކުލަ ގެނެސްދެނީ އޭގައި ހިމެނޭ "ކެޓިކިން"(Catechin)  ކިޔާ މާއްދާއެއްގެ ސަބަބުންނެވެ

ދިވެހި ނަން : މޭބިސްކަދުރު
އިގިރޭސި ނަން : Grapes
ޢިލްމީ ނަން : Vitis Vinifera / Vitis Labrusca
މޭބިސްކަދުރުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
69 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
18 ގްރާމް
ޕޮޓޭސިއަމް
191 މިލިގްރާމް
ޕްރޮޓީން
0.72 ގްރާމް
މަޢުދަންތައް
ފެޓް
0.16 ގްރާމް
ކެލްސިއަމް
10 މިލިގްރާމް
ފައިބަރު
0.9 ގްރާމް
ކޮޕަރ
0.127މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
1.60 މިލިގްރާމް
ފޮލިކް އެސިޑް
2 މައިކްރޯ ގްރާމް
މެގްނީޒިއަމް
7 މިލިގްރާމް
ނިއެސިން
0.188 މިލިގްރާމް
މެންގަނީޒް
0.071 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.050 މިލިގްރާމް
ފޮސްފަރަސް
-
ޕައިރިޑޮކްސިން
0.086 މިލިގްރާމް
ސިލެނިއަމް
-
ރައިބޯފްލެވިން
0.070 މިލިގްރާމް
ޒިންކް
0.07 މިލިގްރާމް
ތިއެމިން
0.069 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
66 އައިޔޫ
ކެރޮޓީން އަލްފާ
1 މައިކްރޯ ގްރާމް
ވިޓަމިން ސީ
10.8 މިލިގްރާމް
ކެރޮޓީން ބީޓާ
39 މައިކްރޯ ގްރާމް
ވިޓަމިން އީ
0.19 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
14.6މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
72 މައިކްރޯ ގްރާމް
ލައިކޯޕީން
-

މޭބިސްކަދުރުން ލިބޭ ޞިއްޙީ ފައިދާތައް
· ނޭވާހިއްލުން : މޭބިސްކަދުރަކީ އެކެއުމަށްފަހު ވަރަށް އަވަހަށް ހަޖަމުކޮށް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނަގާ އެއްޗަކަށްވާތީ، މިކަމުގެ ސަބަބުން ފުއްޕާމޭގެ ތެރޭގައި ހުންނަ ތެތްކަން އިތުރުވެގެން ދެއެވެ. މިއީ ނޭވާހިއްލުމަށް ފަރުވާއެއްގެ ގޮތުގައި މޭބިސްކަދުރު އެހީވާނެ ގޮތެއްކަމަށް ބެލެވެއެވެ.

· ހިތުގެ ބަލިތައް : މޭބިސްކަދުރު ބޭނުން ކުރުމުން އޭގައި އެކުލެވޭ "ރެސްވެރެޓްރޯލް" ގެ ސަބަބުން، ލޭގައި "ނައިޓްރިކް އޮކްސައިޑް"(Nitric oxide)ގެ މިންވަރު އިތުރުވެއެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅި ފުޅާކޮށްލާ މާއްދާ އެކެވެ. މިއީ ލޭގެ އާރުގެ ތެރޭގައި "ގަނޑު ލޭކޮޅު"(Blood clot) އުފެދުމަށް ހުރަސްއަޅައި، ހާރޓް އެޓޭކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް އަކީ ލޭގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލް އޮކްސިޑޭޓްވުމަށް ހުރަސްއަޅާ މާއްދާ އެކެވެ. ނުރަގަޅު ކޮލެސްޓްރޯލް އަށް "އޮކްސިޑޭޝަން"(Oxidation) ކުރިމަތިވެގެން މެނުވީ ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީޖަމާވެ، ލޭހޮޅިތައް ބެދިގެނެއް ނުދާނެއެވެ. މޭބިސްކަދުރުގައި މުހިއްމު ދެފްލޭވޮނޮއިޑް ހިމެނެއެވެ. އެއީ ރެސްވެރެޓޯލް އަދި ކްއެރެސްޓިން އެވެ. މިދެ މާއްދާއަކީ ވެސް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ކުޑަކޮށްދޭ ދެމާއްދާ އެވެ. އެއީ:-
- ފްރީ ރެޑިކަލްތަކުގެ ސަބަބުން ނުރަގަޅު ކޮލެސްޓްރޯލް އޮކްސިޑޭޓްވެގެން ދިއުމަށް މިދެމާއްދާ ހުރަސްއަޅައެވެ. ކޮލެސްޓްރޯލް އޮކްސިޑޭޓްވެގެން މެނުވީ ލޮހޮޅިތަކަށް ސަރުބީގެ ފުށުން ގެއްލުމެއް ނުވާނެއެވެ.
- ލޭގެ އާރުގެ ތެރޭގައި ޕްލޭޓްލެޓްތައް ޖަމާވެ، ގަނޑު ލޭކޮޅެއް އުފެދުމުގެ ފުރުޞަތު މިދެމާއްދާގެ ސަބަބުން، ކުޑަކުރެއެވެ. އާންމުކޮށް ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކްޖެހުން މެދުވެރިވަނީ ލޭހޮޅިއެއްގެ ތެރޭގައި ގަނޑުލޭކޮޅެއް އުފެދިގެންނެވެ.
- ރެސްވެރެޓްރޯލް ގެ ސަބަބުން އެންޖިއޯޓެންސިން ހޯރމޯންގެ މަސައްކަތް ދަށްކޮށްގެން އޭގެ ސަބަބުން ލޭހޮޅިތަކަށް ލިބޭ ގެއްލުން ކުޑަ ކުރެއެވެ. އެންޖިއޯޓެންސިން އަކީ ލޭހޮޅިތައް ހިމަކޮށް، ލޭގެ ޕްރެޝަރު މަތިކުރުވާ ހޯރމޯނެކެވެ. އަދި ނައިޓްރިކް އޮކްސައިޑް ގެ މިންވަރު މަތިކުރެއެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާ އެކެވެ. ލޭހޮޅިތައް ފިތި، ހިމަވެ، ހަނިވާވަރު ދަށްވެފައި، ލޭހޮޅިތައް ފުޅާވާ މިންވަރު އިތުރުވާނަމަ، އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުން ކުޑަވެ، ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ދަށްވާނެއެވެ. އަދި ހާރޓް އެޓޭކް އާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވެގެންދާނެއެވެ.
o މީގެ އިތުރުން ތަފާތު ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ހިތާއި ލޭހޮޅިތަކުގެޞިއްޙަތަށް އަންނަނިވި ފައިދާތައް މޭބިސްކަދުރު ބޭނުންކުރުމުން ލިބެއެވެ.
- ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދަށްކުރުން
- ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން
- ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުން
- ނުރަގަޅު ކޮލެސްޓްރޯލް އޮކްސިޑައިޒްވުން ދަށްކުރުން
- ލޭގެ ތެރޭގައި ރިއެކްޓިވް އޮކްސިޖަން މޮލިކިޔޫލްގެ މިންވަރު ދަށްކުރުން
- ލޭހޮޅީގެ ފާރުގައި ސެލްތައް ހަރުލުމުގެ ފުރުޞަތު ދަށްކުރުން
- ޕްލޭޓްލިޓް ތައް ޖަމާވުން މަދުކުރުން
- ލޭހޮޅި ފުޅާކޮށްލާން ޖެހޭ ވަގުތުތަކުގައި ލޭހޮޅީގެ އެތެރޭގެ ބަތާނަފުށުން ނައިޓްރިކް އޮކްސައިޑް ބޭރުކުރުމަށް ބާރުއެޅުން
- ލޭގައި ގުލުޓަތިއޯން ގެ މިންވަރު މަތިކުރުން

· ބޮލުގެ އެއްފަޅީގައި ރިހުން : މޭބިސްކަދުރު ޖޫހަކީ ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވެފައިވާ މީހުންނަށް ބޮލުގައި ރިހުން ކުޑަކުރުމަށް، ގޭގައި ބޭނުންކުރެވިދާނެ ފަރުވާ އެކެވެ. މިޖޫސް ބޭނުންކުރަނީ ހެދުނުކޮޅު ޖޫހަށް ފެން އެއްކުރުމަކާ ނުލައެވެ.

· ބަނޑުހިކުން : ބަނޑުހިކި ފާޚާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް މޭބިސްކަދުރު ބޭނުންކުރެވިދާނެ އެވެ. މޭބިސްކަދުރުގައި އޯގަނިކް އެސިޑް، ހަކުރު، އަދި ސެލިއުލޯސް އެކުލެވުމުގެ ސަބަބުން މޭބިސްކަދުރާއި، މެދު ބެލެވެނީ "ބަނޑު ސާފުކޮށްދޭ ކާނާ"(Laxative food)އެއްގެ ގޮތުގައެވެ.

· ހަޖަމު ގޯސްވުން : ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް މޭބިސްކަދުރު އަދާކުރެއެވެ. އެގޮތުން މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ.

· މާބޮޑަށް ވަރުބަލިވުން : މަޑު ހުދު ކުލައިގެ މޭބިސްކަދުރު ޖޫހަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު އާކޮށްދީ، ވަރުބަލިކަން ފިލުވައިލާ، އެއްޗެކެވެ. އަދި ކަޅު ނުވަތަ އަދިރި ކުލައިގެ މޭބިސްކަދުރު ޖޫހުން ބައެއް ފަހަރު ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު ދަށްވެގެން ދެއެވެ. މޭބިސްކަދުރު ޖޫސް ބުއިމަކީ ހަށިގަނޑުގައި ވަރުޖެހި، ބާރާއި ހަކަތަ ލިއްބައިދޭ ކަމެކެވެ. މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ގެ ސަބަބުން ދިފާޢީ ބާރު ވަރުގަދަވާގޮތް ވެއެވެ.

· ގުރުދާގެ މައްސަލަތައް : މޭބިސްކަދުރަކީ "ޔުރިކް އެސިޑް"(Uric acid) ގައި ހިމެނޭ "އެސިޑިޓީ"(Acidity) ދަށްކޮށްދީ، ހަށިގަނޑުން ޔުރިކް އެސިޑް ބޭރުކޮށް ސާފުކޮށްދޭ އެއްޗެކެވެ. މިއީ ގުރުދާގެ މަސައްކަތަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.

· އުރަމަތީގެ ކެންސަރު : ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދަނބުކުލައިގައި ހުންނަ މޭބިސްކަދުރުގެ ޖޫހަކީ އުރަމަތީގެ ކެންސަރުން، ރައްކާތެރިވުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މިދިރާސާގައި ތަޖުރިބާކުރުމުގެ ގޮތުން ލެބޯޓްރީގައި މީދަލަށް މޭބިސްކަދުރު ޖޫސް ދިނުމުން އެތަކެތީގެ އުރަމަތީގައި އުފެދިފައިވާ ގަނޑު ފާހަގަކުރެވޭ ވަރަށް ހިނދި ކުޑަވެފައި ވެއެވެ.

· އަލްޒެއިމާ ބަލި : އަލްޒެއިމާ ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ހުންނަ "އެމައިލޮއިޑަލް-ބީޓާ ޕެޕްޓައިޑް"(Amyloidal beta-peptide) ގެ މިންވަރު، މޭބިސްކަދުރުގައި ހިމެނޭ ޕޮލީފީނޯލް އެއް ކަމުގައިވާ "ރެސްވެރެޓްރޯލް"(Resveratrol)ގެ ސަބަބުން ދަށްވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، މޭބިސްކަދުރަކީ ސިކުނޑީގެ މަސައްކަތަށް ދިރުން ގެނުވައި، އުމުރުން ދުވަސްވުމުން ނާރުތަކަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ އެއްޗެކެވެ.

· މެކިޔުލަރ ޑިޖެނެރޭޝަން : އުމުރުން ދުވަސްވުމުން ލޮލަށް ނުފެނުން ނުވަތަ ލޮލުގެ ފެނުމަށް ބަދަލުގެނުވާ ޙާލަތެއް ކަމުގައިވާ މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުން މޭބިސްކަދުރު ބޭނުންކުރުމުން ކުޑަވެއެވެ. ދުވާލަކު 3 ފަހަރު ކެއުމުގައި މޭބިސްކަދުރު ހިމަނާނަމަ، މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުމުގެ ފުރުޞަތު 36 އިންސައްތަ ދަށްވެއެވެ.

· ލޯފުސްވުން : މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްގެ ތެރޭގައި ގުނާލެވޭ ފްލޭވޮނޮއިޑް އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ހިމެނޭ ލޯފުސްވުން ފަދަ ކަންތައްތަކުން މިންޖުކޮށްދޭ މާއްދާ އެކެވެ. ލޯފުސްވުން ހިމާޔަތްކޮށްދިނުމުގެ އިތުރުން އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތަކާއި، ކެންސަރުގެ ބާވަތްތައް، އަދި އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކުން ހިމާޔަތްތެރިކަން ހޯދައިދެއެވެ.

· ލޭގެ ސަރުބީ : މޭބިސްކަދުރުގައި ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ "ޓީރޯސްޓިލްބީން"(Pterostillbene) ކިޔާ މާއްދާއެއް ހުރެއެވެ. މޭބިސްކަދުރުގެ ތޮށީގައި ހިމެނޭ "ސެޕޯނިން"(Saponin) އަކީ ކޮލެސްޓްރޯލްއާއި ތަތްވެގެން، ހަށިގަނޑަށް ކޮލެސްޓްރޯލް ނެގުން ނުވަތަ ދެމުން ދަށްކޮށްދޭ އެއްޗެކެވެ.

· ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ރަތް ކުލައިގެ މޭބިސްކަދުރުގައި ބެކްޓީރިޔާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. ޚާއްޞަކޮށް "ޕޯލިއޯ ވައިރަސް"(Poliovirus) އަދި " ހާރޕީޒް ސިމްޕްލެކްސް ވައިރަސް"(Herpes Simplex Virus) އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު މިވައްތަރުގެ މޭބިސްކަދުރަށް ލިބިފައި ވެއެވެ.
- މޭބިސްކަދުރުގައި ހިމެނޭ ވަރަށް ގިނަ ފައިޓޯނިއުޓްރިއެންޓް ތަކުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. އެގޮތުން މިފަދަ ބާރު ހިމެނޭ މޭބިސްކަދުރުގައި ހުންނަ މާއްދާތަކުގެ ތެރޭގައި، ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ "ކްއެރެސްޓިން"(Querctin) ، ސްޓިލްބީން ގެ ތެރޭގައި ހިމެނޭ، ރެސްވެރެޓްރޯލް(Resveratrol)އަދި ޕިސިއެޓެނޯލް (Piceatannol) ހިމެނެއެވެ.
- ފަހުގެ ދިރާސާއެއް ބުނާގޮތުގައި މޭބިސްކަދުރުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ " އޮލިގޯޕެޕްޓައިޑް" ގެ ވައްތަރުތަކެއް ހުރެފާނެ އެވެ. ނަމަވެސް މޭބިސްކަދުރުގައި ހިމެނޭ ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާތަކުން މަންފާކުރާ ހަގީގީ ގޮތް އަދި ހޯދިފައެއް ނުވެއެވެ.

· ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : މޭބިސްކަދުރުގައި ހިމެނޭ ރެސްވެރެޓްރޯލް ގައި ހިމެނޭ އިންފްލެމޭޝަން ނުވަތަ ދުޅައާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތުގެ ސަބަބުން، މިއީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ގޮހޮރާއި، އުރަމަތީގެ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ކުޅަދާނަކަން މިމޭވާ އަށް ލިބިފައިވެއެވެ. މޭބިސްކަދުރުގައި "އެންތޯސިއެނިން"(Anthocyanin) އަދި "ޕްރޯއެންތޯސިއެނިން"(Proanthocyanins) ހިމެނެއެވެ. މިއީ ސެލްތައް އިތުރުވާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާތަކެކެވެ. ނަތީޖާއެއްގެ ގޮތުން ކެންސަރު ޖެހުމަށް މެދުވެރިވާ މާއްދާތައް އިތުރުވެ، ބޮޑުވުން ހުއްޓުވައެވެ. މޭބިސްކަދުރު ޖޫހަކީ ހަމައެކަނި ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދޭ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ އެއީ ކެންސަރުގެ ސެލްތައް ބޮޑުވެ، ފެތުރިގެންދިއުން މަނާކޮށްދޭ އެއްޗެކެވެ.

- މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް އަދި އެންޓި އިންފްލެމޭޓަރީ ޚާއްޞިއްޔަތުގެ ސަބަބުން، އެއީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ތަބީޢީ މަޞްދަރަކަށް ވެގެންދެއެވެ. އެހެނީ ކެންސަރެއް އުފެދެން ފެށުމުގެ މައިގަނޑު ދެކަމަކީ ދާއިމީ ސިފައެއްގައި ދުޅައެއް އުފެދި ރަގަޅުނުވުމާއި، ދާއިމީ ސިފައެއްގައި އޮކްސިޖަން މޮލިކިޔުލްތައް އެއްވެ އިތުރުވެ ސެލްތައް ހަލާކުވެގެން ދިއުމެވެ.
- މޭބިސްކަދުރާއި ކެންސަރުގެ ފަރުވާއާއި ހުރިގުޅުން ހޯދުމަށްކުރި ދިރާސާ އަމާޒުކޮށްފައިވަނީ މައިގަނޑު 3 ވައްތަރެއްގެ ކެންސަރަށެވެ. އެއީ އުރަމަތީގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު އެވެ. އުރަމަތީގެ ކެންސަރަށް ބަލާއިރު މޭބިސްކަދުރުގައި ހިމެނޭ ފައިޓޯނިއުޓްރިއެންޓްތަކުގެ ތެރެއިން ސައިންސްވެރިން ސަމާލުކަންދިނީ، ކެޓިކިން، ޕްރޯއެންތޯސިއެނިން، އަދި ސްޓިލްބީން އަށެވެ. ގޮހޮރުގެ ކެންސަރަށް ބަލާއިރު ސައިންސްވެރިން ބޮޑަށް އަމާޒުކޮށްފައިވަނީ "އެންތޯސިއެނިން" އަށެވެ. އަދި ޕްރޮސްޓޭޓް ކެންސަރަށް ބަލާއިރު ސައިންސްވެރިން ބޮޑަށް ސަމާލުކަން ދީފައިވަނީ ސްޓިލްބީން އަށެވެ. އެއީ ރެސްވެރެޓްރޯލް ވެސް ހިމެނޭގޮތަށެވެ.

މައުލޫމާތު ނަގާފައިވާ މަސްދަރުތަށް:
· http://www.nutrition-and-you.com/apricot.html
· http://www.organicfacts.net/health-benefits/fruit/health-benefits-of-grapes.html
· http://beth811.hubpages.com/hub/Amazing-Health-Benefits-of-Grapes
· http://www.the-perfectshape.com/2007/09/best-4-health-benefits-of-grapes/
· http://www.whfoods.com/genpage.php?tname=foodspice&dbid=40

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *