ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހުޅުވާލި 7 ކޯހަކަށް ވަނުމުގެ ފުރުސަތު އަންނަ ހަފްތާގައި ހަމަވާނެކަމަށް އެމަރުކަޒުން ހާމަކޮށްފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން މި 7 ކޯހަށް ވަނުމުގެ ފުރުސަތު 12 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. އެމަރުކަޒުން އިއުލާން ކޮށްފައިވާ ކޯސްތަކަކީ ޤާރީކޯސް ސެޓުފިކެޓު ލެވެލް 1، ޤާރީކޯސް ސެޓުފިކެޓު ލެވެލް 2، ޤާރީކޯސް ސެޓުފިކެޓު ލެވެލް 3، ޤާރީކޯސް ސެޓުފިކެޓު ލެވެލް 4، ޤުރްއާން މުދައްރިސް އެޑްވާންސް ކޯސް، ޤުރްއާން މުދައްރިސް ޑިޕްލޮމާ ކޯސް އަދި އިމާމް ކޯސް ސެޓުފިކެޓު ލެވެލް 3 ގެ ކޯހެވެ.
2014 ވަނަ އަހަރު ފެށުމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ނިންމާފައިވާ މިކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކޯހަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވަނީ 19 ޑިސެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައެވެ. އެމަރުކަޒުން ހާމަކުރި ގޮތުގައި ކޯހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު ހުޅައެޅަންޖެހޭނެއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ޤުރުއާނާއި ބެހޭ ކޯސްތައް ހިންގަމުންދާއިރު އެމަރުކަޒަށް ވަންނަ ކުދިންގެ އަދަދު ދަނީ ގިނަ ވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...