ރައީސް ޔާމީންގެ ކެބިނެޓަށް އިތުރު 6 މިނިސްޓަރުން އައްޔަން ކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރަކަށް ހަމަޖެއްސެވީ ޑރ މުހައްމަދު ޝަހީމް، ހޯމް މިނިސްޓަރަކަށް ހަމަޖެއްސެވީ އުމަރު ނަސީރު، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝައިނީ، އިކޮނޮމިކް މިނިސްޓަރަކަށް މުހައްމަދު ސައީދު، ހައުސިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު ކަމަށް ޑރ. މުއިއްޒު އަދި އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓަރަކަށް ތޯރިގް އިބްރާހީމް އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބުދުﷲ އަރީފް ހުވާ ލައިދެއްވި އިރު މިރަސްމިއްޔާތުގައި ރައީސް އާއި ނައިބް ރައީސް ގެ އިތުރުން ޤާސިމް އިބްރާހިމް އަދި އަހްމަދު ޝިޔާމް ބައިވެރިވިއެވެ.
ކެބިނަޓަށް މިނިސްޓަރުން އައްޔަން ކުރެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެކުލަވާލައްވާނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...