އަންނަ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު ވަރަށް ޚާއްޞަ ދެ ދަރުސެއް ބޭއްވުމަށް ތައްޔާރުވަމުން އެބަ ދެއެވެ.
ދަރުސް އިންތިޒާމްކުރަމުންދާ ފަރާތުން ހާމަކުރާ ގޮތުގައި 22 ނޮވެމްބަރު 2013ވާ ހުކުރު ދުވަހުގެ ހަވީރު 4:00ގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ދަރުސެއް އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދަރުސަކީ ހަމަ އެރޭ ޢިޝާ ނަމާދު ފަހުން 8:45 ގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބާއްވާ ދަރުސެކެވެ.
"ޅަފަތުގެ ދުވަސްތައް" މިމަޢުޟޫގެ މައްޗަށް ބޭއްވޭ ކުޑަކުދިންގެ ދަރުސް ދެއްވާނީ އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން (ޢަޒީބެ) ކަމަށާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޢާއިލީ ގުޅުންތަކާއި ދިރިއުޅުމުގައި ދެމަފިރިންނަށް ދިމާވާ އެކިކަންކަމަށް އަލިއަޅުވާލާ ދެއްވާ "އިހުމާލު ނުވަމާ" ދަރުސް ދެއްވަން ހަމަޖެހިފައިވަނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.
ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުންނަށްވެސް ހުޅުވާލައިގެން ބޭއްވޭ މިދެދަރުސަކީ އުޚްތުންކޮޅެއް އިސްނަގައިގެން ރާވަމުން އަންނަ ދަރުސް ސިލްސިލާގެ ތެރެއިން ދެ ދަރުސްކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...