ރާއްޖޭގެ ޚަބަރު "އަޅުގަނޑު މިހިރީ ރީތިކޮށް ބަލިވެފައި.": ނަޝީދު

"އަޅުގަނޑު މިހިރީ ރީތިކޮށް ބަލިވެފައި.": ނަޝީދު

"އަޅުގަނޑު މިހިރީ ރީތިކޮށް ބަލިވެފައި.": ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ބަލިވީ އަޅުގަނޑުގެ ސަބަބުން އަދި ފެއިލްވީ ވެސް އަޅުގަޑު"ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކޮށް ބަލިވުމަށްފަހު މީޑިއާ ކުރިމަތީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އެމްޑީޕީ ރިޔާސީ ކެނޑިޑޭޓް ވިދާޅުވީ ރިޔާސީ އިންތިހާބުން އެމްޑީޕީން ބަލިވީ ނަޝީދުގެ ސަބަބުން އަދި ފެއިލްވީ ވެސް ނަޝީދުގެ ސަބަބުން ކަމަށެވެ. "އަޅުގަނޑު މިހިރީ ރީތިކޮށް ބަލިވެފައި. ބަލިވާ އިރު އޭގެ ޒިންމާ އުފުލަން ޖެހޭނީ އަޅުގަނޑު. ކެމްޕޭނެއް ނޫން. ކެމްޕޭން ވަރަށް ރަނގަޅަށް ދިޔައީ. ވަރަށް ބުރަކޮށް މަސައްކަތްކުރި،" ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މީހުން އެގޮތަށް ނުރުހުނީ ކޮން ސަބަބުތަކެއް ލައިގެންތޯ އެއީ ފުންކޮށް ވިސްނަން ޖެހޭނެ ކަމެއް." ކަމަށާއި އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު ބަލިވީކަމަށް ގަބޫލުކުރާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބިގެން ދެވަނަ ބުރަށް ދިއުމުން ނަޝީދު ބަލިވެފައިވަނީ ހުރިހާ ޕާޓީތަކުން އެކުވެގެން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަށް ތާއީދުކޮށްގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.