މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ފޮއްޓާއި ވޯޓު ކަރުދާސް ވޯޓުލުން އޮންނަ ހުރިހާ ރަށަކާއި ބޭރުގެ ހުރިހާ ޤައުމަކަށް ގެންގޮސް ނިމިއްޖެއެވެ.
ފުލުހުން ބުނީ މާދަމާގެ އިންތިޚާބަށް ބޭނުންވާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ގެންގޮސް ނިމިފައިވަނީ، މިރޭގެ އިރު އޮއްސި ހަތެއް ޖަހާކަންހާއިރު ކަމަށެވެ.
މާދަމާގެ އިންތިޚާބަށް ބޭނުންވާ އެންމެ ފަހު ދެ ވޯޓު ފޮށި ގެންދިޔައީ މިރޭ ހަތެއް ޖަހާކަންހާއިރު ގއ. އަތޮޅުގެ ދެ ރަށަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާއި އެހެނިހެން ސާމާނު އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ފޮނުވަން ފަށާފައިވަނީ ރެއިން ފެށިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގައި ލަންޑަނާއި ދިއްލީ އަދި ކޮލަމްބޯގައި ހުންނަ ވޯޓު ފޮށްޓައް ބޭނުންވާ ވޯޓުކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އާއި އެހެނިހެން ތަކެތި، މިއަދު ހެނދުނުގެ ވަގުތެއްގައި ގެންގޮސްފައި ވާއިރު، މިއަދު މެންދުރުފަހު ޓްރިވެންޑްރަމަށް ވެސް ވޯޓުކަރުދާހާއި އިންތިޚާބާ ގުޅުންހުރި ތަކެތި ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...