އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް ބޭނުންވާ ވޯޓު ފޮއްޓާއި ވޯޓު ކަރުދާސް ތައް ވޯޓުލާ މަރުކަޒު ތަކަށް ފޮނުވަން ފަށާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ، ވޯޓުލާ މީހުންގެ ލިސްޓް ތަކުގައި ޕާޓީ ތަކުން ސޮއި ކުރުމާއި އެކު ލިސްޓް ތަކާއި ވޯޓު ކަރުދާސް ތައް ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި ރާއްޖޭން ބޭރަށް މިހާރު ފޮނުވަން ފަށާފައި ވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބަށް ކޮމިޝަނުން ވާންޖެހޭ ތައްޔާރީ ތައް މުޅިން ނިމިފައި ވާކަމަށާއި، ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކޮށް ނިމިފައި ވުމާއި އެކު ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ކަންކަން ކުރިޔަށް ދާކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް 475 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުން މިރޭ ވަނީ އެބޭފުޅުންގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާ ނިންމާލާފަ އެވެ.
ޕާޓީ ތަކުން ސޮއި ކުރުމާއި އެކު ވޯޓު ކަރުދާސް ތައް ފޮނުވަން ފަށައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...