ޤާރީކޯސް ސެޓުފިކެޓު ލެވެލް 3 އަދި 4 ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރި ގޮތުގައި ޤާރީކޯސް ސެޓުފިކެޓު ލެވެލް 3 އަދި 4 ގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު 12 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހުން ފެށިގެން އެމަރުކަޒުން ހުޅުވާލާފައިވާކަމަށެވެ.
ޤާރީކޯސް ސެޓުފިކެޓު ލެވެލް 3 ގެ ކޯހަކީ 7 މަހާއި 15 ދުވަހުގެ މުއްދަތައް ކުރިއަށްދާ ކޯހެކެވެ. މިކޯހުގައ 198 ޖާގަ ހިމެނެއެވެ. ސެޓުފިކެޓު ލެވެލް 3 ގެ ޝަރުތަކީ ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 2 ހަދާފައިވުމެވެ. 1 އަހަރު ދުވަހަށް ކުރިއަށްދާ ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 4 ގައި 66 ޖާގަހިމެނޭކަމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރެއެވެ.
ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 19 ޑިސެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު ކީރިތި ޤުރުއާނާއި ބެހޭ މަރްކަޒަށް ހުށައަޅަން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...