ހޮނިހިރުދުވަހު ބައްވާ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޤާސިމް އިބްރާހީމްގެ ތާޢީދާއި މަދަދު ހޯއްދެވުމަށް އެމްޑީޕީން ކެނޑިނެޅި ކުރިމަސައްކަތް ނާކާމިޔާބުވުމުން ޤާސިމްގެ އަގުވައްޓާލުމަށް ނަޝީދު އިސްކޮށް ހުންނަވައިގެން ކުރެއްވާ މަސައްކަތްތަކަށް ރައްދުދެއްވައި އެމްޑީޕީން ޤާސިމަށް ރިޝްވަތުދޭން އުޅުނުކަން ހާމަކުރައްވައިފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވަނީ މާތްﷲ ގަންދީ ހުވާކުރައްވައި، އެމްޑީޕީން އެމަނިކުފާނަށް ރިޝްވަތު ދޭން އުޅުނުކަން ހާމަކުރައްވާފަ އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޓޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވަން ޤާސިމް ނިންމަވައިފި ނަމަ، އަށް މިލިއަން އެމެރިކާ ޑޮލަރު ނުވަނަ ސަތޭކަ ތޭވީސް މިލިއަން ދިވެހި ރުފިޔާ ޤާސިމަށް ދޭން އެމްޑީޕީން ހުށަހެޅިކަމަށް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް ވިދާޅުވީ، ސަރުކާރު ހިންގުމާބެހޭގޮތުން އެމްޑީޕީ އާއި ޕީޕީއެމުން ވެސް ޖުމްހޫރީ ޕާޓީ އަށް ލިޔެކިއުމުން ދެ ހުށަހެޅުމެއް ހުށަހެޅި ކަމަށާ، އޭގެތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ ޕީޕީއެމުނ ްކަމަށެވެ. އެގޮތުން އެ ދެހުށަހެޅުން މިއަދު ނޫސްވެރިންނަށް ދައްްކާލައްވަމުން ޤާސިމް ވިދާޅުވީ އިސްލާމްދީން ޙިމާޔަތް ކުރައްވާނެކަމަށާއި، ޤައުމުގެ ރައުސުލްމާލު ވިއްކާ ނުލާނެ ކަމުގެ ޔަޤީންކަން ދީފައިވަނީ ޕީޕީއެމުން ކަމަށެވެ.
ޖުމްހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ޤާސިމާބެހޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ދެއްކެވި މެމްބަރުންނަށް ޤާސިމްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އަނެއްކާވެސް ވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓް ދިނުމަށް ތަކުރާރުކޮށް ޤާޞިމްގެ ފަރާތިން އެހީތެރި ކަމެއް މިހާތަނަށް ލިބިވަޑައިގެންނެވި ހުރިހާ ފަރާތްތަކާއި، ޤާޞިމްގެ ރައްޓެހިންނާއި ޢާއިލާގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...