ރާއްޖޭގެ ޚަބަރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅި އެޅުމަށް ދެކޮޅު ހެދީ ފިޤުހު އެކަޑަމީން

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅި އެޅުމަށް ދެކޮޅު ހެދީ ފިޤުހު އެކަޑަމީން

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅި އެޅުމަށް ދެކޮޅު ހެދީ ފިޤުހު އެކަޑަމީން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސިއްރު އެޖެންޑާއެއްގެ ދަށުން ރާއްޖޭގައި ފައްޅި އެޅުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ ފިޤްހު އެކަޑަމީން އޭރު ފާސްކުރި ޤަރާރަކާއި ގުޅިގެން ކަމަށް އޭރުގެ އިސްލާމިކް މިނިސްޓްރީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ނަން ހާމަ ނުކުރުމަށް އެދި ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އޮފިޝަލް ވިދާޅުވީ، ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ޣައިރު ދީން ތަކުގެ މީހުންނަށް ވެސް މިނިވަން ކަމާއި އެކު އަޅުކަން ކުރުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށް ޓަކާ ބޭރުގެ ބޮޑެތި ބާރުތަކުގެ ސަފީރުން ވެސް އިސްލާމިކް މިނިސްޓްރީ އަށް ފޮނުއްވި ކަމަށެވެ.

އެހެން ނަމަވެސް އެ ކަމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އެބޭފުޅުންނަށް އެ މިނިސްޓްރީން ތަކުރާރު ކޮށް އެންގެވި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިކަމަށް މަގުފަހި ކުރުމަށްޓަކައި އިސްލާމް ދީނުގެ ޙައްދު ތަކާއި ޤިސޯސް ތަކާއި ބެހޭ ގޮތުން ދީނީ ޢިލްމުވެރިންނަށް ގިނަ ޢަދަދެއްގެ ސިޓީ ބިޓީ ފޮނުއްވި ކަމަށާއި، އޭރުގެ ސަރުކާރުން ކޮންޓްރޯލް ކުރަމުން ގެންދިޔަ ދައުލަތުގެ މީޑިޔާ އެމްއެންބީސީން ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ ހަމަ އެކަނި އިސްލާމް ދީންތޯ ބެލުމަށް ވޯޓު ނެގުމަކީ ވެސް ފެންނާން ހުރި ޙަޤީޤަތް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި އޮފިޝަލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ތަބާވާ މީހުންނަށް މިނިވަން ކަމާއި އެކު އަޅުކަން ކުރެވޭނެ މަގެއް ފަހިކޮށް ދިނުމަށް ކުރެވުނު މަސައްކަތް ތައް ނާކާމިޔާބުވީ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފައްޅި އެޅުމަށް ފިޤުހު އެކަޑަމީން ދެކޮޅު ހެދުމުން ކަމަށް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އޮފިޝަލަކު ވިދާޅުވެފައި ވާއިރު، ދިވެހި ރާއްޖޭގެ ފިޤުހު އެކަޑަމީން ނަޝީދުގެ ވެރިކަމުގައި ދެހާސް ދިހަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަންސަވީސް ވަނަ ދުވަހު ފާސްކުރި ޤަރާރަކުން ރާއްޖޭގައި އެހެން ދީން ތަކުގެ މީހުން އަޅުކަން ކުރުމަށް ފައްޅި އެޅުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ދިވެހި ރާއްޖޭގެ ފިޤުހު އެކަޑަމީން ނެރުނު ދެވަނަ ޤަރާރުގައި ބުނެފައި ވަނީ ޝަރުޢީ ދަލީލު ތަކާއި ޤާނޫނީ ހަމަތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނެއްގެ އަޅުކަން ކުރާ ތަންތަނާއި، ބިނާތައް ޤާއިމު ކުރުމާއި، ރާއްޖެ އަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުންނާއި، ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުން އެމީހުންގެ ޝިޢާރު ހާމަ ކުރުމާއި، ހާމަ ތަންތަނުގައި ޣައިރު ދީނުގެ ޝިޢާރު ދައްކުވައިދޭ ތަކެތި ބެހެއްޓުމާއި، އެބައިމީހުން އަޅުކަން ކުރަން ގެންގުޅޭ ތަކެތި ދިވެހިރާއްޖޭގައި ވިއްކުމާއި އެބައިމީހުންގެ ދީނީ ޝިޢާރުތައް ރާއްޖޭގައި ފެތުރުމުގެ ގޮތުން އެއްވެސް ކަމެއް ހިންގުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫން ކަމުގައި ކަނޑައަޅާ ކަމަށެވެ.

މި ޤަރާރުގައި ސޮއި ކުރައްވާފައިވާ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. ބާރީ އާއި، އައްޝައިޚް ފައްޔާޒް ޢަލީ މަނިކާއި، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޑރ. އަހުމަދު ޢަބްދުﷲ ދީދީ އާއި، ޑރ މުޙައްމަދު ޢިޔާޟް އަބްދުލްލަތީފް، ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙުމާނާއި، ޑރ. ޢަބްދުﷲ ސަޢީދާއި، ޑރ. ޢަބްދުﷲ ޝިހާމާއި، ޝެއިޚް އިލްޔާސް ހުޞައިނާއި، ޝެއިޚް ހުޞައިން ރަޝީދު އަހުމަދާއި، ޝެއިޚް އާދަމް ނަސީމާއި، ޝެއިޚް މުޙައްމަދު ނަޝީދާއި، ޝެއިޚް ޢަލީ ޒާހިރާއި، ޝެއިޚް މުޙައްމަދު މޫސާމެން ފަދަ ބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

ފިޤުހު އެކަޑަމީގެ ދެވަނަ ޤަރާރު ބެއްލެވުމަށް މިލިންކަށް ފިތާލައްވާ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.