ރާއްޖޭގެ ޚަބަރު ޤާރީކޯސް ސެޓުފިކެޓު ލެވެލް 1 އަދި 2 ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ޤާރީކޯސް ސެޓުފިކެޓު ލެވެލް 1 އަދި 2 ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤާރީކޯސް ސެޓުފިކެޓު ލެވެލް 1 އަދި 2 ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރި ގޮތުގައި ޤާރީކޯސް ސެޓުފިކެޓު ލެވެލް 1 އަދި 2 ގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު 12 ނޮވެންބަރު 2013 ވާ އަންގާރަ ދުވަހުން ފެށިގެން އެމަރުކަޒުން ހުޅުވާލާފައިވާކަމަށެވެ.

2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސެޓުފިކެޓު ލެވެލް 1ގެ ކޯސްގައި 99 ކުދިންގެ ޖާގަ ލިބޭނެކަމަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހާމަކުރެއެވެ. ސެޓުފިކެޓު ލެވެލް 1ގެ ކޯހުގެ ޝަރުތަކީ ފަށާތަޢުލީމު ހާސިލުކޮށްފައިވުން (ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ކީރިތި ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން ކަމަށެވެ. އަދި ޤާރީކޯސް ސެޓުފިކެޓު ލެވެލް 2 ގެ ކޯހަށް 132 ޖާގަ ހުޅުވާލާފައިވާއިރު އެކޯހުގެ މުއްދަތަކީ 4 މަސް ދުވަހެވެ. މިކޯހަށް ކުރިމަތިލުމުގެ ޝަރުތަކީ ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 1 ހަދާފައިވުމެވެ.

ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 19 ޑިސެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު ކީރިތި ޤުރުއާނާއި ބެހޭ މަރްކަޒަށް ހުށައަޅަން ޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.