ރާއްޖޭގެ ޚަބަރު ޑރ މަޖީދު އެމްޑީޕީއާއި ގުޅިއްޖެ

ޑރ މަޖީދު އެމްޑީޕީއާއި ގުޅިއްޖެ

ޑރ މަޖީދު އެމްޑީޕީއާއި ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ މަޖީދު އެމްޑީޕީއާއި ގުޅިއްޖެއެވެ.

ޢާދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީސްގެ ކުރީގެ ރައީސް އަދި ކުރީގެ އިސްލާމިކް މިނިސްޓާރ ޑރ މަޖީދު އަބްދުލް ބާރީ އެމްޑީޕީއާއި ގުޅިފައިވަނީ މިއަދު އެމްޑީޕީ އޮފީސްގައި އޮތް ބައްދަލުވުމެއްގައެވެ. ނަޝީދު ސަރުކާރު ވެއްޓުމަށްފަހު އެމްޑީޕީ އާއި އެކު ގާތް ގުޅުމެއް ބާއްވަވާ އެމްޑީޕީއަށް ސަޕޯޓްކުރައްވާ ވާހަކަ ދައްކަވާ ޑރ މަޖީދު ނޫސްކޮންފަރެންސްގައި ވިދާޅުވީ ޢަދާލަތު ޕާޓީއިން ވަކިވީ އަދާޅަތު ޕާޓީ ގޯސްވެގެން ނޫންކަމަށާއި އެޕާޓީއިން ވަކިވީ އެ ޕާޓީ މިހާރު ހިންގަމުންދާ ގޮތާ އަޅުގަނޑުގެ ވިސްނުން ތަފާތު ވީމަ ކަމަށެވެ.

"އަދާލަތު ޕާޓީ ގޯސްވެގެންނެއް ނޫން އެ ޕާޓީން ވަކިވީ. އެކަމަކު އެ ޕާޓީ މިހާރު ހިންގަމުންދާ ގޮތާ އަޅުގަނޑުގެ ވިސްނުން ތަފާތު." ޑރ މަޖީދު އެމްޑީޕީއަށް ސޮއި ކުރުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޑރ މަޖީދު ވިދާޅުވީ "އެމްޑީޕީ އަކީ އަޅުގަނޑު މަސައްކަތްކޮށްފައިވާ ޕާޓީއެއް"ކަމަށެވެ.

ޑރ މަޖީދު އެމްޑީޕީއަށް ސޮއި ކުރިއިރު ދާދިފަހުން ޑރ މަޖީދު ޙައްޖަށް ވަޑައިގެން އުޅުއްވާ މަދީނާގެ ކިޔަވާ ކުދިން ކައިރީ ނަޝީދުއަށް ތާޢީދު ނުކުރާކަމަށާއި ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ޤާސިމްއަށް ވޯޓުލުންކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެހެން ބުނިކަމަށް އިންކާރުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.