ހުކުރު ޚުޠުބާ އަށް ސިޔާސީ ނުފޫޒު ފޯރުވަން މަލެ ސިޓީ ކައުންސިލުން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ޝެއިޙް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝެއިޙް ސަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވެފައިވަނީ، ހުކުރު ޚުޠުބާ އަށް ސިޔާސީ ނުފޫޒު ފޯރުވަން މަލެ ސިޓީ ކައުންސިލުން އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށަށެވެ.
ހުކުރު ޚުޠުބާގައި ސިޔާސީ ވާހަކަތައް ގިނަވަމުންދާތީ ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ ހުށައަޅަމުންދާ ކަމަށް ބުނެ އިއްޔެ މާލޭ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ވަނީ ސިޓީއެއް ފޮނުވާ އަންނަ ހުކުރު ދުވަހުގެ ޚުޠުބާ ތައްޔާރުކުރުމުގައި އެކަމަށް ސަމާލުކަން ދިނުމަށް ގޮވާލާފައެވެ.
ޚުޠުބާގައި ސިޔާސީ ވާހަކަ ހިމަނާތީ ކިހާ ރައްޔިތުންނެއްގެ ފަރާތުން ޝަކުވާ ލިބިފައިވޭތޯ ސުވާލުކޮށްލުމަށް ސިޓީ ކައުންސިލަށް ގުޅާލުމުން އެއްވެސް ނަމްބަރަކުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...