2011 ޖެނުއަރީ 30 އަދި 31 ވަނަ ދުވަހުގެ ރޭ "އަލްވަލާއު ވަލް ބަރާއު"، ރަޙްމަތްތެރިކަން ބޭއްވުމާއި ޢަދާވަތްތެރިވުމުގައި ދީނީ ގޮތުން ގެންގުޅެންޖެހޭ މިންގަނޑާއި އިސްލާމީ އުސޫލު ބަޔާންކޮށްދިނުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުން ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މީގެ ކުރިންވާނީ އެންމެހާ ކިޔުންތެރިންނަށް ގެނެސްދީފައެވެ. މިގޮތުން މި ދަރުސާއި ބެހޭ އިތުރު ތަފްސީލްތައް ލިބުނުވަރަކުން ގެނެސްދެވޭތޯ ރާއްޖެ އިސްލާމްގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުންނެވެ.
އަޅުގަނޑުމެންނަށް ޚަބަރު ލިބިފައިވާ ގޮތުގައި ދަރުސަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމުގައި ސަލަފުގެ އޮޕަރޭޝަންސް އިން މަޢްލޫމާތު ދެއްވައެވެ. އިތުރަށް ވިދާޅުވިގޮތުގައި ގްރެފިކްސްގެ މުހިއްމުބައިތައްވަނީ ގާތްގަނޑަކަށް މިހާރު ނިމިފައެވެ. ދާދި އަވަހަށް އިޝްތިހާރު ކުރަން ފަށާނެކަމުގައި ހާމަކުރިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ދަރުސްކަމާއި މިއީ ޢިލްމީ އިޖްތިމާޢީ ވަރަށް މުހިއްމު ދަރުސަކަށް ވެގެންދާނެ ކަމުގައި ސަލަފް އޮޕަރޭޝަންސްއިން ހާމަކޮށްފައިވެއެވެ. ދަރުސް ބާއްވަނީ ދަރުބާރުގެ މަތީ ބުރީގައި ހެދިފައިވާ ފާށަނާ މާލަމުގައި ކަމާއި އަދި ދަރުސް ބާއްވާ މާލަން ބަދަލު ނުވާކަމަށްވެސް މަޢްލޫމާތު ލިބިފައިވެއެވެ.
ދަރުސްގެ މައުޟޫއަށް ބަލާއިރު މިއީ މިހާރާއި ޒަމާނާއި ވަރަށް ގުޅޭ މައުޟޫއަކަށް ވެގެންދާނެ މައުޟޫއެއްކަމަށް ހުރިހާ ކިޔުންތެރިންދަނީ ކޮމެންޓް ކުރަމުންނެވެ. އިންޓަރނެޓްގެ ގިނަ ސޯޝަލް ނެޓްވޯކް ތަކުގައި މިހާރުވެސް ދަރުސްގެ އިޝްތިހާރުތައްދަނީ ފެންނަމުންނެވެ. އަދި މިދަރުސަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވާން އެދޭ ހެޔޮއެދޭ ހުރިހާ ފަރާތަކަށް އެފުރުސަތު މިއަދުން ފެށިގެން ހުޅުވިފައިވާ ވާހަކަ ސަލަފްގެ އޮޕަރޭޝަންސްއިން ހާމަކޮށްފައިވެއެވެ. އެގޮތުން ދަރުސަށް މާލީގޮތުންނާއި އެހެންގޮތަކުންވެސް އެހީއެއް ދެއްވަން ބޭނުންފުޅުވާ އެއްވެސް ފަރާތެއްވާނަމަ 7411078 ނަމްބަރު ފޯނާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވެއެވެ. ލޯބިވުމާއި ނަފްރަތު ކުރުމަކީ މިހާރު ވަރަށް މުހިއްމު މަޢްޞޫއެއްކަމާއި މިއީ މިހާރު ކޮންމެހެންވެސް މިކަމުގެ ދީނީ މަންހަޖު ކޮންމެހެންވެސް ދިވެހިހުރިހާ ރައްޔިތުންނަށް އެގެންޖެހޭނެ ވަރަށް މުހިއްމު ކަމެކެވެ. ވީހާވެސް ގިނަ ބޭފުޅުންނަށް މި ދަރުސްގެ ވާހަކަ އަންގާ ގިނަ ބޭފުޅުން ގެންދެވޭތޯ ހުރިހާ ކިޔުންތެރިންގެ ކިބައިން ދަންނަވަމެވެ.
ދަރުސް ބާއްވާ ތަން: ދަރުބާރުގެ ފާށަނާ މާލަން (މަތި(
ގަޑި: ރޭގަނޑު : 8:45
ދަރުސް ދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް

ކޮމެންޓް (0)
ލޯޑް ކުރަމުން...