ފަލަސްޠީނުގެ ކުރީގެ ރައީސް ޔާޞިރު އަރަފާތު އަވަހާރަކޮށްލައިފައިވަނީ ޒަހަރު ދީގެންކަމަށް، ޔާޞިރު އަރަފާތުގެ ހާއްޞަ އެޑްވައިޒަރެއްކަމުގައިވާ އަބޫ ޝަރީފު ހާމަކުރަށްވައިފިއެވެ. އަބޫ ޝަރީފު މިހެން ހާމަކޮށްފައިވަނީ، އިނގިރޭސި ވިލާތުގެ މަތީ ފަންތީގެ ޓޮކްސިކޮލޮޖިސްޓުންތަކެއް ކުރި ތަހުލީލުތަކަކުން އެކަން ސާބިތުވުމުންކަމަށް އެބޭފުޅާ ހާމަކުރަށްވައެވެ.
މި ތަހުލީލުތައް ކުރުމުގައި ހަރަކާތްތެރިވި މާހިރުންގެ ނަންތަށް އަބޫ ޝަރީފު ހާމަކޮށްފައި ނުވިނަމަވެސް، އޭނާ ވިދާޅުވެފައިވަނީ، އެ މައްސަލަ އިންވެސްޓިގޭޓުކުރާ ރަސްމީ އިދާރާތަކަށް އެމީހުންގެ މައުލޫމާތު ހިއްސާކުރަން އޭނާ ތައްޔާރަށް ހުރިކަމަށެވެ.
ތަހުލީލުކުރެއްވި މާހިރުންނާ ހަވާލާ ދެއްވާ އަބޫ ޝަރީފު ވިދާޅުވެފައިވަނީ، ޔާޞިރު އަރަފާތު އަވަހާރަކޮށްލުމަށް އޭނައަށް ދީފައިވަނީ،ތައްލިއަމް ނަމަކަށް ކިޔާ ވިހަ މާއްދާއެއް ކަމަށެވެ. އަދި ތައްލިއަމަކީ ހަށިގަނޑުގެ އެތެރެ ވެއްޖެ ނަމަ ހޯދަން އިންތިހާއަށް އުނދަގޫ މާއްދާއެއްކަމަށެވެ.
އަބޫ ޝަރީފު އިތުރަށް ވިދާޅުވިގޮތިގައި"ތައްލިއަމް އިންސާނެއްގެ ހަށިގަނޑަށް ވާސިލުވެއްޖެނަމަ އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަންތައް މަޑުމަޑުން ހަލާކުކުރަމުން ގޮސް މުޅިން ނައްތާލާ... އެންމެ ފުރަތަމަ ހަލާކުކޮށްލާނީ އިންސާނާގެ މޭ..އެންމެ ފަހުން މީހާގެ ސިކުނޑިވެސް ހަލާކުކޮށްލަ'އެވެ.
މި ވިހަ މާއްދާ ހަށިގަނޑަށް އެތެރެ ވި ނަމަވެސް، އިންސާނާގެ އުމުރާއި، ހަށިގަނޑުގެ ގޮތުން އެ ވިހައިގެ އަސަރު އެތައް މަސްދުވަސް ފަހުންވެސް ކުރަން ފަށާކަމަށް ތަޖުރިބާކާރުން ހާމަކުރަށްވައެވެ. މި ވިހަ މާއްދާއަކީ އޭގައި އެއްވެސް ކުލައެއް، ވަހެއް ނުވަތަ ރަހައެއްވެސް ދޭ އެއްޗެއް ނޫނެވެ.
ކުރަމުން ދާ ތަހުލީލުތައް އެއްކޮށް ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެކަމަށް ޔާޞިރު އަރަފާތުގެ ހާއްސަ އެޑްވައިޒަރު ހާމަކުރަށްވައެވެ.

















ޚިޔާލު